ޚަބަރު

ޑރ. ފިކްސްއިޓާބެހޭ ގޮތުން މަޢުލޫމާތު ދީފި


ދަމާސް އިން އަލަށް ތަޢާރަފްކުރާ ޑރ. ފިކްސްއިޓާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ދަމާސް އިން އަލަށް ތަޢާރަފުކުރާ ޑރ. ފިކްސްއިޓްއަކީ އިމާރާތްތަކުން ފެން ލީކުވުން ހައްލުކުރުމަށް ބޭނުންކުރާ ތަފާތު ބާވަތްތައް ހިމެނޭ ވޯޓަރ ޕްރޫފިންގ އެކްސްޕަރޓް ބްރޭންޑެކެވެ. ޑރ. ފިކްސްއިޓް ބްރޭޑް ރާއްޖެއަށް ތަޢާރަފް ކުރަނީ ދަމާސް އާއި އިންޑިއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕިޑިލައިޓް އާއި ގުޅިގެންނެވެ.

ސްޓެލްކޯ ކޮންފަރެންސް ހޯލްގައި ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި ސިވިލް އިންޖިނިއަރުންނާއި ޑިޒައިނަރުންނާއި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ވިޔަފާރިކުރާ ފަރާތްތަކަށް މަޢުލޫމާތު ދީފައިވެއެވެ.

މި މަޢުލޫމާތު ސެޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދަމާސްގެ ޓްރޭޑް މާކެޓިންގ މެނޭޖަރ މުޙައްމަދު ސިނާން ވިދާޅުވީ، ރާއްޖޭގެ ގެތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ސީލިންގ އަދި ފާރުން ފެން ލީކުވުން ނުހުއްޓުވޭ މައްސަލަކަމަށާއި، މިކަން ހައްލުކުރުމަށް ޑރ. ފިކުސްއިޓްގެ އުފެއްދުންތައް ރަނގަޅު ޕްރޮޑަކްޓަކަށް ވެގެންދާނެކަމަށެވެ.

"ޕްރޮޑަކްޓްގެ ސާމްޕަލްތައް އެކި ފަރާތްތަކަށް ދީގެން ވަރަށް ގިނަ ގޮތްގޮތައް ޓެސްޓު ކުރެވި އަދި އޭގެ ބޭނުން ވަރަށް ރަނގަޅައް ކުރެވިގެންދޭ އެހެންކަމުން މި ޕްރޮޑަކްޓަރ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭ" ސިނާން ވިދާޅުވިއެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޑރ. ފިކުސްއިޓް ބްރޭންޑުގެ ވޯޓަރ ޕްރޫފިންގެ އަގުތައް އުޅެނީ 30 ރުފިޔާ އާއި 150 ރުފިޔާގެ ދެމެދުގެ އަގުތަކެއްގައެވެ. މި އުފެއްދުންތަކާއި ގުޅޭގޮތުން މަޢުލޫމާތު އަތޮޅު ތެރޭގައިވެސް ދިނުމަށް ހަމަޖެހިފައިވާކަމަށް ދަމާސް އިން ބުނެއެވެ.