ޚަބަރު

އައްނަބީލާ މަރިޔަމް ސަޢީދު އަވަހާރަވެއްޖެ


ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މ.ބަގީޗާގޭ އައްނަބީލާ މަރިޔަމް ސަޢީދު މިއަދު އަވަހާރަވެއްޖެއެވެ.
އެކަމަނާ އަވަހާރަވީ ގިނަދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ.

1933 ވަނަ އަހަރުގެ މާޗްމަހުގެ 27 ވަނަ ދުވަހު އުފަންވެވަޑައިގަތް މަރިޔަމް ސަޢީދު އަވަހާރަވީއިރު ޢުމުރުފުޅަކީ 85 އަހަރެވެ. އެކަމަނާއަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ދިވެބަހުގެ އަދީބު ފަޟީލަތުއްޝައިޚް ޙުސައިން ސަލާޙުއްދީނުގެ ހަގު ދަރިކަނބަލުންނެވެ.

ރައީސް އިބްރާހީމް ނާޞިރުގެ ދެވަނަ އަނބިލަނބަލުންގެ ގޮތުގައި ހިމެނިވަޑައިގެންނެވި މަރިޔަމް ސައީދާއި ރައީސް ނާޞިޜާ ދެކަނބަލުންނަށް ދެ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޢަލީ ނާސިރާއި މުޙައްމަދު ނާސިރެވެ.

އައްނަބީލާ މަރިޔަމް ސަޢީދަކީ ދިވެހިބަހާއި އަދަބަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ކުޅަދާނަ އަދީބެކެވެ. ޚާއްސަކޮށް އެކަމަނާގެ ޅެންވެރިކަމުގެ މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވެސް އެކަމަނާވަނީ ދައުލަތުގެ އެތައް މަޤާމުތަކެއް ފުރުއްވައި ޤައުމަށް ޚިދުމަތްކުރައްވާފައެވެ.