ޚަބަރު

ހުޅުމާލޭގައި އަލިފާނުގެ 2 ޙާދިސާއެއް ހިނގައިފި


ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އަލިފާނުގެ ޙާދިސާތަކެއް ހިނގައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ސަރަހައްދުގައި އޮތް ބޭނުން ނުކުރާ ބާޖުގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި ބާޖުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރުމަށް އަލިފާން ނިއްވާ އިތުރު ފޯހެއް މާލެއިން ހުޅުމާލެއަށް ދިޔުމަށް މަސައްކަތް ކުރަމުންދާކާކަމަށް އެމް.އެން.ޑީއެފުން ބުނޭ. ބާޖުގައި ރޯވި އަލިފާން ނުނިވިގެން އުޅެނީ އޭގައި ތެލުގެ އަސަރު ހުރުމުން ކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާކަނަށް އެމް.އެން.ޑީއެފުން ބުނެއެވެ.

ހުޅުމާލޭގައި މިއަދު ހިނގި އަލިފާނުގެ އަނެއް ހާދިސާއަކީ، ހުޅުމާލެ އެމް.ޕީ.އެލް ސަރަހައްދުގައި އޮތް ކެރޭނެއް އަލިފާންރޯވެ ހިނގި ހާދިސާ. ކެރޭނުގައި ރޯވި އަލިފާން ގަނޑު އެއަރޕޯޓްގެ ފަޔަރމަނުން ގޮސް ކޮންޓްރޯލް ކޮށްފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނޭ. މިހާދިސާގައިވެސް އެއްވެސް މީހަކަށް ގެއްލުމެއްލިބިފައި ނުވެއެވެ.

މިހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތަށް ފުލުހުން އަންނަނީ ތަޙްޤީގުކުރަމުންނެވެ.