ޚަބަރު

ލޯންޗް އެކްސިޑެންޓެއްގައި އަނިޔާވި އެކަކު މަރުވެއްޖެ


ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ. މަރުވެފައިވަނީ ބަންގްލަދޭޝް ފިރިހެނެކެވެ.
ކ.ގުޅީގެ 6 މޭލު ބޭރުން ހިނގި މި އެކްސިޑެންޓްގައި ދިއްވެއްސަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކ.ގުޅީގެ 6 މޭލު ބޭރުންނެވެ. މި ޙާދިސާގައި ހާނީއްކަވެގެން 8 މީހަކު މާލެގެނެސް އެޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މީގެތެރޭގައި ހިމެނެނީ 7 ބިދޭސީންނާއި ދިވެއްސެއްކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލު ވިދާޅުވީ ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކަކަށް ހައި ޑިޕެންސީ ޔުނިޓްގައި ފަރުވާދެމުންދާއިރު އިމެޖެންސީ ރޫމްގައި އެކަކަށް އަދި އޮބްޒެވޭޝަންގައިވެސް އެކަކަށް ފަރުވާދެމުންގެންދާކަމެވެ. އަދި ހަތަރު މީހަކަށް ވޯޑްގައި ފަރުވާދެމުންގެންދާއިރު އެމީހުންގެ ހާލު ރަގަޅުކަމަށްވެސް އައްފާލު ވިދާޅުވިއެވެ.
އެކްސިޑެންޓްވެފައިވަނީ "އިތާފުށި 3" ނަމަކަށް ކިޔާ ލޯންޗަކާއި "އިތާފުށި 5" ނަމަކަށް ކިޔާ ލޯންޗެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެެވެ.