ޚަބަރު

މުދަލު ޒަކާތުން މާލޭގައި ދިރިއުޅޭ ފަޤީރުންނަށް ކަނޑައެޅުނު ފައިސާ ދޫކުރުން





 


މުދަލު ޒަކާތަށް ލިބުނު ފައިސާގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނުބައިން މާލޭގައި ދިރިއުޅޭ ފަޤީރުންނަށް ކަނޑައެޅުނު ފައިސާ މިއަންނަ އަންގާރަ ދުވަހު ދޫކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާލުވެއްޖެއެވެ.


 
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ، އަންގާރަ ދުވަހުން ފެށިގެން މިމަހުގެ ސައުވީސް ވަނަ ދުވަހާ ހަމައަށް އިސްލާމީ މަރުކަޒުން ފައިސާ ދޫކުރާނެކަމަށެވެ. ފައިސާ ދޫކުރާނީ ކޮންމެ ދުވަހަކު ހެނދުނު ނުވައަކުން މެންދުރުފަހު ތިނެއްޖަހަންދެންނެވެ.


 
ފަޤީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކުގެ އައިޑީކާޑާއި ، މިނިސްޓްރީން ދެއްވާފައިވާ ކާޑު ގެންނަންޖެހެއެވެ. އަދި ފަޤީރެއްގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތެއްގެ އައިޑީކާޑް ކޮންމެ ފަރާތަކުން ގެނައިނަމަވެސް ފައިސާދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.


 
އަތޮޅުތެރޭގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށްވާ ފައިސާ ކައުންސިލްތަކުން މިހާރު ދަނީ ދޫކުރަމުންނެވެ.


 
 


ރާއްޖެއަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މިއަހަރުއެވެ. އެއީ ސާޅީސް ހަތް މިލިއަން ރުފިޔާއެވެ.