 
										
			
 
 
 
އިރާޤުގެ ޙާލަތާ މެދު އެމެރިކާއިން އަޅާނެ ފިޔަވަޅެއް ނިންމެވުމަށް ދެތިން ދުވަސް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
 
 
އެމެރިކާގެ ވައިޓް ހައުސްގައި ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އިރާޤާ މެދު އެމެރިކާއިން ވަކި ނިންމުމެއް ނުނިންމެ ނަމަވެސް އިރާޤަށް އެމެރިކާ ސިފައިން ނުފޮނުވާނެ ކަމަށެވެ.
 
 
އޮބާމާ ވިދާޅުވީ، އިރާޤުގެ އަސްކަރިއްޔާއާ ހަނގުރާމަކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތުގެ ނުރައްކާ އިރާޤު ރައްޔިތުންގެ އިތުރުން އެމެރިކާގެ ރައްޔިތުންނަށް ވެސް އެބައޮތްކަމަށެވެ.
 
 
 
 
އެމެރިކާގެ ރައީސް ވިދާޅުވީ ހަނގުރާމަވެރިންނާ ދެކޮޅަށް އިރާޤު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރުކުރަން ޖެހޭ ކަމަށާ އިރާޤުގެ ސަލާމަތީ ބާރުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.