ދުނިޔެ

އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެ





 


އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭއެވެ.


 
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަބްދުﷲއާއި ވޯލްޑް ބޭންކުގެ ކުރީގެ އިކޮނޮމިސްޓް އަޝްރަފް ޣަނީއެވެ.


 
އަފްޣާނިސްތާނުގައި ވޯޓުލުން ފަށާފައިވަނީ އެތާ ގަޑިން ހެނދުނު 7 ޖެހި އިރުއެވެ.


އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި 6 ހާހަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވާ އިރު، އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ 12 މިލިއަން މީހުން އުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


 
 


އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ގިނަ ބަޔަކު ވޯޓުލާފައިވާ އިރު، އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އެގައުމުގައި ހަރަކާތްތެރިވާ ތާލިބާނު ޖަމާޢަތުން ވަނީ ވޯޓު ފޮށިތަކަށް އަމާޒުކޮށް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.