ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި


މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާއާއިން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 12:15 އިން ފެށިގެން 17:15 އަށެވެ.

ރާއްޖޭގެ މޫސުންލަފާކުރާގޮތަށް ބަލާއިރު ވައިޖެހޭނީ އާއްމު ގޮތެއްގައި މަޑުން، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާ 13 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.