ޚަބަރު

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ޝިފާޔާ


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މިމަޤާމަށް އައްޔަންކުރެއްވީ މ. މަޚްމާވިލާ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާޙީމް އެވެ. މިމަޤާމަށް ޝިފާޔާ އިބްރާހީމް އައްޔަން ކުރެއްވީ 9 އެޕްރީލު 2018 ގައެވެ.