ޚަބަރު

ގެމަނަފުށީ މަސްވެރިންނާއި އެކު ތިން ޒުވާނަކު މަސްވެރިކަން ތަޖުރިބާކުރަން ކަނޑު މައްޗަށް

ދޮށީގެ މަސްވެރިކަމަށް ޒުވާނުން ތަމުރީނު ކުރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާ އާއި މިފްކޯ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ތިން ޒުވާނުން މަހަށް ނުކުމެ މަސްވެރިކަން ތަޖުރިބާކޮށްފައިވެއެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމުއިއްޔާއިން އިސްނަގައިގެން މިފްކޯއާއި ގެމަނަފުށީ ކައުންސިލާ ގުޅިގެން ދޮށީގެ މަސްވެރިކަމަށް ޒުވާނުން ތަމުރީނު ކުރުމަށް ފެށި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމުގެ މަޤްސަދުގައި ފެށި ޕްރޮގްރާމެކެވެ. މީގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ތިން ސަރަހައްދަކުން ތިން ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ހދ ކުޅުދުފުއްޓާއި، މ. ވޭވަށާއި، އަދި ތ. ހިރިލަންދޫ އަށް ނިސްބަތްވި މި ތިން ޒުވާނުންނަށް މަހަށް ނުކުމެފައިވަނީ ގެމަނަފުށީގައި ދުއްވާ އެންމެ ބޮޑު އެއް ދޯނިކަމަށްވާ ގެލަރީ ވިޝަން އިންނެވެ. މި ދޯނީގައި މަހަށް ނުކުން މި ތިން ޒުވާނުންވަނީ ޒަމާނީ ދޮށީގެ މަސްވެރިކަން ކުރާ ގޮތް ބަލާ ތަޖުރިބާ ކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސްކުންފުނި މިފްކޯއިން ސްޕޮންސަރ ކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގުރާމުގެ ފުރަތަމަ ތިން ދުވަހު އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ އައިޝަތު ރިޔާޒާވެސް އެދޯނީގައި މަހަށް ނުކުމެފައެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އައިޝަތު ރިޔާޒާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން ކުރުމަށް މި ދާއިރާއަށް ޒުވާނުން ނެރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
މުޅިން އަލަށް މަހަށް ނުކުތް މި ތިން ޒުވާނުންވަނީ ދޮށީގެ މަސްވެރިކަން ކުރުމުގައި ބޭނުންކުރާ ހުރިހާ ގޮތެއް ބައިވެރިން ވަނީ ދަސްކޮށްފައެވެ. މީގެތެރޭގައި ޑައިވިންގ ކޮށްގެން އެން ހިފާނެގޮތާއި، އެންވަތް ބަލަހައްޓާނެ ގޮތާއި، މަސްބޭނުމަށްފަހު މަހަށް އައިސްއަޅައިގެން ތާޒާކަމާއެކު މަސް ރައްކާކުރާނެ ގޮތްތައްވެސް ހިމެނެއެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމުއިއްޔާގެ ފައުންޑަރ އަޙުމަދު ޝާފިއު ބުނީ ޒުވާނުން މަސްވެރިކަމަށް ނެރުމަށް ކުރާ މި މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ތަމުރީނުވާ ޒުވާނުން ފުރުޞަތު އޮތް މިންވަރަކުން ގެމަނަފުށީ މަސް ދޯނި ފަހަރުން މަހަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދޭން މަސައްކަތް ކުރާނެކަމަށް ޝާފިއު ބުންޏެވެ.

މި ޕްރޮގްރާމް ފެށި ދުވަސްވަރަކީ ހުވަދު އަތޮޅަށް ވަރަށް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. ދަތުރުގެ ފުރަތަމަ ފަސް ދުވަހުސްވެސް ފާހަގަކުރެވުނީ އެންވެރިކަން ރަނގަޅު، އަދި މަސްވެރިކަން ދަށް ދުވަސްތަކެއްގެ ގޮތުގައެވެ. މަސް އައިންތައް
ހޯދުމަށް އެތައް ގަޑިއިރަކު ދުއްވުމަށްފަހު އެސަހައްދުގެ ކަނދުފަތިތަކަށް ގޮސްވެސް ރަނގަޅަށް މަސްބޭނޭ ގޮތެއް ނުވިއެވެ. ދަތުރުގެ ހަވަނަ ދުވަސް ހޭދަކުރީ ބައިވެރިންނަށް ޑައިވިން ދަސްކޮށްދިނުމުގައެވެ. ޑައިވިންގ ދަސްކޮށްދިނުމަށްފަހު ދަތުރުގެ އެންމެ ފަހު ދުވަހަށް މަހަށް ނިކުތުމަށްޓަކައި ދޯންޏަށް ރަނގަޅަށް އައިސް އަޅައިގެން ދިއްލައިގެން އެން ހިފަން ނުކުތެވެ. އެން ހިފުމަށްފަހު ހެނދުނު ކަނޑަށް ނިކުތުމާއެކު މަސް އައިންތަކާ ދިމާވާން ފެށިއެވެ. އެދުވަސް ވެގެންދިޔައީ ރާއްޖޭގެ ދެނުނަށް މަސްވެރިކަން އެންމެ ރަނގަޅު އެއް ދުވަހަށެވެ. އެދުވަހު ފަނަރަ ޓަނުގެ މަސް ބޭނިއެވެ. މި ތަޖުރިބާ ވެގެންދިޔައީ ބައިވެރިންނަށް މުޅިން އާ ތަފާތު ތަޖުރިބާއަކަށެވެ.

ކޫއްޑޫއަށް މަސް ކިރާ ނިމުމަށްފަހު ގެމަނަފުއްޓަށް ދެވުނީ ހުކުރު ހެނދުނުއެވެ. އަދި އަލަށް މަހަށް ނުކުތް ތިން ޒުވާނުންނަށް ދޯނީގެ އެހެން ފަޅުވެރިންނެކޭ އެއްގޮތަށް މަސްކިރައިގެން ލިބުނު އަދަދާއި އެއްވަރަށް ބައި އަޅާ ފައިސާ ދިނެވެ.
މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރ މުޙައްމަދު ޝަމީމް ވިދާޅުވީ މަސްވެރިކަމަށް ޒުވާނުން ނެރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމުއިއްޔާއިން ފެށި މަސައްކަތަކީ ވަރަށް މުހިންމު އަދި ބޭނުންތެރި މަސައްކަތެއްކަމަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. އަދި ތިން ބައިވެރިން ހޮވީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރު ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ބުންޏެވެ.

މި ޕްރޮގްރާމް ފެށި ދުވަސްވަރަކީ ހުވަދު އަތޮޅަށް ވަރަށް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. ދަތުރުގެ ފުރަތަމަ ފަސް ދުވަހުސްވެސް ފާހަގަކުރެވުނީ އެންވެރިކަން ރަނގަޅު، އަދި މަސްވެރިކަން ދަށް ދުވަސްތަކެއްގެ ގޮތުގައެވެ. މަސް އައިންތައް ހޯދުމަށް އެތައް ގަޑިއިރަކު ދުއްވުމަށްފަހު އެސަހައްދުގެ ކަނދުފަތިތަކަށް ގޮސްވެސް ރަނގަޅަށް މަސްބޭނޭ ގޮތެއް ނުވިއެވެ. ދަތުރުގެ ހަވަނަ ދުވަސް ހޭދަކުރީ ބައިވެރިންނަށް ޑައިވިން ދަސްކޮށްދިނުމުގައެވެ. ޑައިވިންގ ދަސްކޮށްދިނުމަށްފަހު ދަތުރުގެ އެންމެ ފަހު ދުވަހަށް މަހަށް ނިކުތުމަށްޓަކައި ދޯންޏަށް ރަނގަޅަށް އައިސް އަޅައިގެން ދިއްލައިގެން އެން ހިފަން ނުކުތެވެ. އެން ހިފުމަށްފަހު ހެނދުނު ކަނޑަށް ނިކުތުމާއެކު މަސް އައިންތަކާ ދިމާވާން ފެށިއެވެ. އެދުވަސް ވެގެންދިޔައީ ރާއްޖޭގެ ދެނުނަށް މަސްވެރިކަން އެންމެ ރަނގަޅު އެއް ދުވަހަށެވެ. އެދުވަހު ފަނަރަ ޓަނުގެ މަސް ބޭނިއެވެ. މި ތަޖުރިބާ ވެގެންދިޔައީ ބައިވެރިންނަށް މުޅިން އާ ތަފާތު ތަޖުރިބާއަކަށެވެ.

ކޫއްޑޫއަށް މަސް ކިރާ ނިމުމަށްފަހު ގެމަނަފުއްޓަށް ދެވުނީ ހުކުރު ހެނދުނުއެވެ. އަދި އަލަށް މަހަށް ނުކުތް ތިން ޒުވާނުންނަށް ދޯނީގެ އެހެން ފަޅުވެރިންނެކޭ އެއްގޮތަށް މަސްކިރައިގެން ލިބުނު އަދަދާއި އެއްވަރަށް ބައި އަޅާ ފައިސާ ދިނެވެ.
މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރ މުޙައްމަދު ޝަމީމް ވިދާޅުވީ މަސްވެރިކަމަށް ޒުވާނުން ނެރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމުއިއްޔާއިން ފެށި މަސައްކަތަކީ ވަރަށް މުހިންމު އަދި ބޭނުންތެރި މަސައްކަތެއްކަމަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. އަދި ތިން ބައިވެރިން ހޮވީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރު ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ބުންޏެވެ.

މި ޕްރޮގްރާމް ފެށި ދުވަސްވަރަކީ ހުވަދު އަތޮޅަށް ވަރަށް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. ދަތުރުގެ ފުރަތަމަ ފަސް ދުވަހުސްވެސް ފާހަގަކުރެވުނީ އެންވެރިކަން ރަނގަޅު، އަދި މަސްވެރިކަން ދަށް ދުވަސްތަކެއްގެ ގޮތުގައެވެ. މަސް އައިންތައް
ހޯދުމަށް އެތައް ގަޑިއިރަކު ދުއްވުމަށްފަހު އެސަހައްދުގެ ކަނދުފަތިތަކަށް ގޮސްވެސް ރަނގަޅަށް މަސްބޭނޭ ގޮތެއް ނުވިއެވެ. ދަތުރުގެ ހަވަނަ ދުވަސް ހޭދަކުރީ ބައިވެރިންނަށް ޑައިވިން ދަސްކޮށްދިނުމުގައެވެ. ޑައިވިންގ ދަސްކޮށްދިނުމަށްފަހު ދަތުރުގެ އެންމެ ފަހު ދުވަހަށް މަހަށް ނިކުތުމަށްޓަކައި ދޯންޏަށް ރަނގަޅަށް އައިސް އަޅައިގެން ދިއްލައިގެން އެން ހިފަން ނުކުތެވެ. އެން ހިފުމަށްފަހު ހެނދުނު ކަނޑަށް ނިކުތުމާއެކު މަސް އައިންތަކާ ދިމާވާން ފެށިއެވެ. އެދުވަސް ވެގެންދިޔައީ ރާއްޖޭގެ ދެނުނަށް މަސްވެރިކަން އެންމެ ރަނގަޅު އެއް ދުވަހަށެވެ. އެދުވަހު ފަނަރަ ޓަނުގެ މަސް ބޭނިއެވެ. މި ތަޖުރިބާ ވެގެންދިޔައީ ބައިވެރިންނަށް މުޅިން އާ ތަފާތު ތަޖުރިބާއަކަށެވެ.

ކޫއްޑޫއަށް މަސް ކިރާ ނިމުމަށްފަހު ގެމަނަފުއްޓަށް ދެވުނީ ހުކުރު ހެނދުނުއެވެ. އަދި އަލަށް މަހަށް ނުކުތް ތިން ޒުވާނުންނަށް ދޯނީގެ އެހެން ފަޅުވެރިންނެކޭ އެއްގޮތަށް މަސްކިރައިގެން ލިބުނު އަދަދާއި އެއްވަރަށް ބައި އަޅާ ފައިސާ ދިނެވެ. މިގޮތުން އެއްދުވަހުގެ މަސައްކަތުން އެންމެ އާދައިގެ ފަޅުވެރިއާއަށްވެސް 7000ރ ލިބުނެވެ.

މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރ މުޙައްމަދު ޝަމީމް ވިދާޅުވީ މަސްވެރިކަމަށް ޒުވާނުން ނެރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމުއިއްޔާއިން ފެށި މަސައްކަތަކީ ވަރަށް މުހިންމު އަދި ބޭނުންތެރި މަސައްކަތެއްކަމަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. އަދި ތިން ބައިވެރިން ހޮވީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރު ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ބުންޏެވެ.

ކޫއްޑޫއަށް މަސް ކިރާ ނިމުމަށްފަހު ގެމަނަފުއްޓަށް ދެވުނީ ހުކުރު ހެނދުނުއެވެ. އަދި އަލަށް މަހަށް ނުކުތް ތިން ޒުވާނުންނަށް ދޯނީގެ އެހެން ފަޅުވެރިންނެކޭ އެއްގޮތަށް މަސްކިރައިގެން ލިބުނު އަދަދާއި އެއްވަރަށް ބައި އަޅާ ފައިސާ ދިނެވެ.
މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރ މުޙައްމަދު ޝަމީމް ވިދާޅުވީ މަސްވެރިކަމަށް ޒުވާނުން ނެރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމުއިއްޔާއިން ފެށި މަސައްކަތަކީ ވަރަށް މުހިންމު އަދި ބޭނުންތެރި މަސައްކަތެއްކަމަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. އަދި ތިން ބައިވެރިން ހޮވީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރު ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ބުންޏެވެ.

އާދަނު/ ދަގެނތި

ވަރަށް ސަޅި..