 
										
			
 
 
 
އިންޑިއާގެ އިޤްތިސާދު ކުރިއެރުވުމަށް އަމާޒުކޮށް އެގައުމުގެ ސަރުކާރުން އެކުލަވާލާފައިވާ އާ ސިޔާސަތުތައް އިއުލާންކޮށްފިއެވެ.
 
 
އެމެރިކާގެ މި ސިޔާސަތު އިއުލާންކުރައްވާފައިވަނީ އެގައުމުގެ ރައީސް ޕްރަނާބް މުކަރްޖީއެވެ.
 
 
އިންޑިއާގެ ސަރުކާރުގެ އާ ސިޔާސަތުތައް އަމާޒުކުރަނީ އެގައުމުގެ ވަޒީފާގެ ބާޒާރު ތިޔާގިކޮށް، ބޭރުގެ ފަރާތްތަކުން އެގައުމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
 
 
މީގެ އިތުރުން އިންޑިއާގެ ރައީސްގެ ވާހަކަފުޅުގައި ވަނީ އިންޑިއާގެ ޓެކްސްގެ ނިޒާމް މިހާރަށް ވުރެ ހަރުދަނާކޮށް އިންފްލޭޝަން ތިރިކުރުމަށް އިންޑިއާގެ ސަރުކާރުން އަޅާނެ ފިޔަވަޅުތައް ފާހަގަކޮށްފައިވެއެވެ.
 
 
އޭޝިޔާގެ ތިން ވަނަ އަށް އެންމެ ބޮޑު އިޤްތިސާދު ހުސްވި އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަން ހީނަރުވެފައެވެ.
 
 
 
 
މި ގޮތުން މިދިޔަ އަހަރު އެގައުމުގެ އިޤްތިސާދަށް ލިބިފައިވަނީ 4.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.