ކުޅިވަރު

އިންޓަރ ސްކޫލް ބެޑްމިންޓަން އޯޕަންސް ބައިގެ ތަރިއަކީ މާޝާ


15 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތަކުން އަމީނިއްޔާ ސްކޫލުގެ މާޝާ ރަޝީދު ތިން ރަން މެޑަލް ހޯދައިފިއެވެ.

މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތައް އިއްޔެ ނިމުނުއިރު އަމީނިއްޔާ ސްކޫލުގެ މާޝާ ވަނީ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައެވެ.
19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް މާރިޝްއެވެ. 16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ނަފްހާ މޫސާ އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ ނިބާލް އަހުމަދުއެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު އިމްތިޔާޒް އަފީފްއެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފާތިމަތު ޝިފްނާއެވެ.
12 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ޝަފުނާއެވެ. އަދި މި އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒައިންއެވެ.
ސިންގަލްސް އިވެންޓްތަކުގެ އިތުރުން ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތަކުންނާއި، ޓީމް އިވެންޓްތަކުން ވަނަވަނައަށް އައި ކުޅުންތެރިންނާއި ޓީމްތަކަށް ރޭ ވަނީ ތަށްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ދީފައެވެ.