ދުނިޔެ

ކަރާޗީ އެއާރޕޯރޓަށް ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއެއްގައި 23 މީހުން މަރު





 


ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާއެއްގައި 23 މީހުން މަރުވެއްޖެއެވެ.


 
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ވައިގެ ބަނދަރުގައި މަސައްކަތް ކުރާ 13 މީހުން ވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. އަދި މިހަމަލާ ދިން ހަނގުރާމަވެރިންގެ 10 މީހުން ވެސް ވަނީ މިހާދިސާގައި މަރުވެފައެވެ. ކަރާޗީގައި ހުންނަ  ޖިނާޙް އިންޓަރނޭޝަނަލް އެޔަރޕޯޓަށް ދިން މިހަމަލާގައި 14 މީހުން ޒަޚަމްވެފައިވެއެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ.


 
 


ހަނގުރާމަވެރިން މި ވައިގެ ބަނދަރަށް ދިން ހަމަލާއަށް ފަހު އެމީހުންނާ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.