ކުޅިވަރު

ވިކްޓްރީގެ ޗެއަރމަންކަމަށް މެންބަރު މުޙައްމަދު އިސްމާއީލް


ކުރިޔަށް އޮތް ދެ އަހަރުގެ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އިންތިހާބުކުރައްވއިފިއެވެ. ޗެއަރމަންގެ މަޤާމަށް މެމްބަރު މުހައްމަދު އިސްމާއިލް އިންތިހާބުކުރެއްވީ، ރޭ ކުރިޔަށްގެންދިޔަ އެ ކްލަބުގެ އަހަރީ އާއްމު ޖަލްސާގައެވެ. ވިކްޓްރީގެ ވައިސް ޗެއާމަނުންގެ ގޮތުގައި އިންތިހާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއާއި، ރެއާ ހަމައަށް ކްލަބްގެ ޗެއަރމަންގެ މަޤާމްގައި ހުންނެވި މުޙައްމަދު ނަޒީމްއެވެ.

މި ޖަލްސާގައި ވަނީ، މިއަހަރަށް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކަނޑައަޅާފައިވާ ބަޖެޓްވެސް ފާސްކޮށްފައެވެ. ކްލަބުގެ މެމްބަރުންނާއި ކުޅުންތެރިން ބައިވެރިވި މި ޖަލްސާގައި، ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ވިކްޓްރީގެ ބޯޑުގެ 13 މަޤާމަށް ތޭރަ މެމްބަރުން ކުރިމަތިލެއްވުމުން، އެ މެމްބަރުން އިންތިހާބުކުރެއްވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެގޮތުން ބޯޑުގެ ހުރިހާ މަޤާމަކަށްވެސް މެމްބަރުން އިންތިހާބުވީ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ވިކްޓްރީގެ ބޯޑަށް އިންތިހާބުވި މެމްބަރުން:

• ޗެއާމަން –މުހައްމަދު އިސްމާއިލް
• ވައިސް ޗެއާމަން (ފިނޭންސް އެންޑް މާކެޓިން) – އަލީ އާރިފް
• ވައިސް ޗެއާމަން (ޓެކްނިކަލް އެންޑް ސްޕޯޓްސް) – އިބްރާހިމް ނަޒީމް
• ޑިރެކްޓަރ – އަހުމަދު ނަސީރު
• ޑިރެކްޓަރ – އިސްމާއިލް ލަތީފު
• ޑިރެކްޓަރ – އަހުމަދު ޣާލިބު
• ޑިރެކްޓަރ – އަހުމަދު އަރީޝް
• ޑިރެކްޓަރ – އިބްރާހިމް ހައްސާން ނަސީމް
• ޑިރެކްޓަރ – އަހުމަދު އަޔާޒް ރަޝީދު
• ޑިރެކްޓަރ – އަހުމަދު ރިޔާޒް
• ޑިރެކްޓަރ – އައިޝަތު އަލީފާ
• ޑިރެކްޓަރ – މުހައްމަދު ހަމީދު
• ޑިރެކްޓަރ – މުހައްމަދު ނާސިމް