ސިޔާސީ

އެމްބެސެޑަރުންގެ ބައްދަލުވުން މާދަމާ


ޤައުމުތަކުގެ ސަފީރުންނަށް އަމާޒުކޮށްގެން ފޮރިންގ މިނިސްޓްރީން ބާއްވާ އެމްބެސެޑަރުންގެ މަސައްކަތު ބައްދަލުވުން މާދަމާ އޮންނާނެއެވެ. ބަޑޮސް އައިލޭންޑްގައި ބާއްވާ މިބައްދަލުވުމުގައި ބައިވެރިވާ ސަފީރުން މިހާރުވަނީ ރާއްޖެވަޑައިގެންފައެވެ. މިމަހުގެ 31 އިން އޭޕްރީލް 1 އަށް ބާއްވާ މިބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ހާސިލްކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ދެވަނަ އެންބެޒެޑިރިއަލް ވޯކްޝޮޕްގެ މިއަހަރުގެ މަޢުޟޫއަކީ "ޑިވެލޮޕިންގ ސަސްޓެއިނަބަލީ – ޝެއަރިންގް އެކްސްޕީރިއަންސަސް، ސީކިން ސޮލިއުޝަންސް" ނޫނީ ދެމެހެއްޓެވިނި ގޮތުގައި ތަރައްޤީވުން – އެކުގައި ތަޖުރިބާ ހިއްސާކުރުމާ، ހައްލުހޯދުން މިއެވެ. މިގޮތުން މިފަހަރުގެ ބައްދަލުވުމުގައި ރާއްޖޭގައި ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމާ، ފަތުރުވެރިކަމުގެ މަޢުލޫމާތު ހިއްސާކޮށް، މިކަމާބެހޭ މަޝްވަރާތައް ކުރާނެއެވެ. މީގެއިތުރުން ރާއްޖޭގެ ސަރުކާރުން ތަރައްޤީގެ ސިޔާސަތުތަކާ ޕްލޭންތައް އެކުލަވާލުމުގައި ތިމާވެއްޓަށް ރައްކާތެރި ގޮތްތައް ޚިޔާރުކުރުމާބެހޭ ގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން އެހެން ޤައުމުތަކުން ދެމެހެއްޓެނިވި މަސްވެރިކަމާ، ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވިދާނެކަންތަތަކާ ގުޅޭ ގޮތްތައް މިބައްދަލްވުމުގައި ހިއްސާކުރާނެއެވެ. މިބައްދަލުވުމުގައި 14 ޤައުމަކުން އދއަށް ކަޑައަޅާފައި ހުންނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.