މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3 : ގަދަ 9 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 3 ވަނަ ޝޯވ މިރޭ


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 9 ބައިވެރިންގެ ވާދަވެރި ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ ތިންވަނަ ޝޯވ މިރޭ އޮންނާނެއެވެ.
މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ ތިންވަނަ ޝޯވ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ ދިހަގަޑި ތިރީހުގައެވެ. މިރޭގެ ޝޯވއަށްވެސް ޙާއްސަ ތީމެއް ކަނޑައަޅާފައިވާއިރު، މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ރީތި ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންދާނެއެވެ. ހަމައެހެންމެ ކުރީގެ ޝޯވތަކެކޭ އެއްފަދައިން މި ހަފްތާގެ ޝޯވގައިވެސް ވާދަކުރާ ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލާނެއެވެ.

ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތައް ހަމަޖެހިފައިވާގޮތުން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާނެ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސްއާއި، ސަޕޯޓަރުންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އަދި ބޮޓަމް 3 އަކަށް ދަތުރުކުރާ ބައިވެރިންގެ ތެރެއިން އެ ހަފްތާގެ ޝޯވއިން ވަކިވާނެ ބައިވެރިއަކު އިޢުލާންކުރުން އޮންނާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.

އައިޑަލް ސީޒަން ތިނެއްގެ ބައިވެރިންގެ އަދަދު މިހާރު 9 އަކަށް އިތުރުވެފައިވާއިރު، އައިޑަލްގެ ފޯރި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ.