ދީން

ސްކޫލު ކުދިންގެ 2 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިމިއްޖެ


ސްކޫލު ކުދިންގެ 2 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިމިއްޖެއެވެ.
މި މުބާރާތުގައި ހަތަރު ސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވާފައިވެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު ދެދަންފަޅިއަަށް ކިޔަވާފައިވާއިރު މެންދުރާއި، ހަވީރާއި ރޭގަނޑުވެސް ކިޔަވާފައިވެއެވެ.
މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ 3 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޡުންގެ ގޮތްޕެވެ.
މުބާރާތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ އިތުރުން ޙާފިޡުކަމުގެ ގޮފިން އެންމެ މޮޅު 3 ދަރިވަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ސްކޫލެއް ހޮވުމަށްވެސް ހަމަޖެހިފައިވާކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.
މި ފަހަރުގެ މުބާރާތުގައި ހިތުންކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 1 އެއްވަނައަށްދާ ދަރިވަރުންނަށާއި މުބާރާތުގެ ޙާފިޡުންގެ ގޮފިން 1 ވަނަ ހޯދާ ދަރިވަރުންގެ އިތުރުން މުޅި މުބާރާތުން 1 ވަނަ ދަރިވަރަށާއި 1ވަނަ ސްކޫލަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ޢިނާމް ލިބޭނެއެވެ.
މިއަހަރުގެ މި މުބާރާތުގައި 71 ސްކޫލަކުން ކިޔެވުމަށް ހަމަޖެހިފައިވީނަމަވެސް ކުދިން ހަމަނުވުމުގެ ސަބަބުން ދެ ސްކޫލަކަށް މުބާރާތުގައި ބައިވެރި ނުވެވޭކަމަށް ކީރިތި ޤްރުޢާނާބެހޭ މަރުކަޒުން ބުނެއެވެ.