 
										
			 
ޗައިނާގައި ބާއްވާ "ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ"ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލު އަހުމަދު ރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
 
 
ޗައިނާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ވިޔަފާރި މައުރަޒުގައި ޗައިނާގެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގަ ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާނެ ކަމަށެވެ.
 
 
މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ޔާމިން ހުށަހަޅުއްވާފައިވާ އިގްތިޞާދީ އެޖެންޑާއަށާއި، ރާއްޖޭގެ ތަރައްޤީއަށް ވެދެވޭނެ އެހީ ހޯދުމުގައި ޗައިނާއަށް އަދާކުރެވޭނެ ދައުރު، ޗައިނާ ސަރުކާރާއި  ހިއްސާކުރުންކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
 
 
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސްއާއިއެކު ބާއްވަވާ މަޝްވަރާތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބެހޭ ގޮތުން މަޝްވަރާކުރެވޭނެކަމަށް ޑރ. ޖަމީލް ވދާޅުވިއެވެ.
 
 
 
މީގެއިތުރުން އިހަވްންދިއްޕޮޅުގައި އަޅާ ޓްރާންޝިޕްމަންޓް ބަނދަރާއި، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އެއާޕޯޓް ތަރައްގީއާއި ބެހޭގޮތުން މަޝްވަރެވޭކަމަށްވެސް ރައީށުލްޖުމްހޫރިއްޔާގެ ނައިބު ޑރ. ޖަމީލް އަޙްމަދު ވިދާޅުވިއެވެ.