ސިޔާސީ

އިގްތިޞާދީ ސަރަހައްދުތަކެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި





 


އިގްތިޞާދީ ސަރަހައްދުތަކެއް ރާއްޖޭގެ އެކި ހިސާބުގައި ގާއިމްކުރުމާއި ގުޅޭގޮތުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކާއި، ޖުމްހޫރީޕާޓީގެ މެމްބަރުންނާއިތ ދެމެދު މަޝްވަރާކޮށް އެބިލާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.


 
މުލިއާގޭގައި ރޭބޭއްވި މިބައްދަލުވުމަކީ، ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީ ހަދާފައިވާ ކޯލިޝަން ރޫޅާލި ފަހުން ދެފަރާތް އެކީގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. ރޭގެ ބައްދަލުވުމުގައި ކޯލިޝަންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންނާއި އިކޮނިމިކް މިނިސްޓަރ މުޙައްމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


 
 


އިގްތިޞާދީ ތަރައްގީ އާއި ގުޅޭ އެބިލަކީ ޖުމްހޫރީ ޕާޓީންވެސް ތާއީދުކުރާ ބިލެއްކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.