ވިޔަފާރި

އެސްޓީއޯ އިން މިފަހަރު ރޯދައަށް އާ ބްރޭންޑެއްގެ އުފެއްދުންތަކެއް





 


އެސްޓީއޯ އިން މިފަހަރު ރޯދައަށް އާ ބްރޭންޑެއްގެ އުފެއްދުންތަކެއް ގެންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.


 
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން މިފަހަރު އަލަށް ގެންނަނީ 'ނޫފަހި' ބްރޭންޑްގެ އުފެއްދުންތައް ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.


  
ނޫފަހި ބްރޭންޑްގެ އެމްބެސެޑަރ ފާތިމަތު ފާނާޒާ ވިދާޅުވީ ނޫފަހު ޕްރޮޑަކްޓްގެ ގޮތުގައި ގެންނާނީ ނޫފަހި ދޮންނަކުނޑި، ނޫފަހި ކިރު، ނޫފަހި ތެޔޮ، ނޫފަހި ކާށި ކިރުގެ އިތުރުން ނޫފަހި ގެރިކިރު ކަމަށެވެ.


 
 


މި ބާވަތްތައް ރޯދައިގެ ކުރިން އެސްޓީއޯގެ އަތޮޅުތެރޭ ފިހާރަތަކުންވެސް ލިބެން ހުންނާނެ ކަމަށާ، މިއުފެއްދުންތައްވެސް އެސްޓީއޯގެ އެހެން އުފެއްދުންތަކެކޭ އެއްފަދައިން ހެޔޮ އަގެއްގައި ލިބޭނެ ކަމަށްވެސް ފަނާޒާ ވިދާޅުވިއެވެ.