ސިޔާސީ

އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް ޕީޕީއެމަށް ސޮއިކުރެއްވައިފި






 


އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ޕީޕީއެމަށް މިއަދު ސޮއިކުރައްވައިފިއެވެ.


 
މިނިސްޓަރ ޠާރިގު ޕީޕީއެމަށް ސޮއިކުރެއްވުމަށް މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ނިންމެވީ އެއްވެސް ފަރާތެއްގެ ބާރުއެޅުމައެއް އަދި މަޖުބޫރުކަމެއް އޮވެގެން ނޫންކަމަށާއި އަމިއްލައަށް އެކަމުގައި ގޮތެއް ޚިޔާރުކުރެއްވީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް އޮތްއެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ.




މިނިސްޓަރ ޠާރިޤް ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ބޭއްވި ކުޑަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.





އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އެމަގާމުގައި ހުންނެވީ ކޯލިޝަން އޮތް އިރު ޖުމްހޫރީ ޕާޓީގެ ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކޯލިޝަން އެއްބަސްވުން ރޫޅިގެން ދިއުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވަނީ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް މަޤާމުން ވަކިކުރައްވާފައެވެ.


 

ކޯލިޝަން ރޫޅުނުނަމަވެސް ޖޭޕީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތްކަމަށާއި ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި މިނިސްޓަރުން ޕީޕީއެމަށް ސޮއިކުރައްވަން ބާރު ނާޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.