ޚަބަރު

"މާލޭ ބްލޮކް ރީޑިވަލޮޕްމަންޓް" މަޝްރޫޢު ފަށަން ނިންމައިފި


"މާލޭ ބްލޮކް ރީޑިވަލޮޕްމަންޓް" މަޝްރުއެއް ފަށަން ސަރުކާރުން ނިންމަވައިފިއެވެ. މި މަޝްރޫޢުގެ ދަށުން މާފަންނުގެ ބައެއް ކޮށިތަށް ހުސްކޮށް އެ ސަރަހަށްދު ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރުމަށް ނިންމާފައިވަނީ މާފައްނުގެ ހުޅަނގާއި ދެކުނުގެ ބައެއްކޮށިތަކެވެ. އެ ސަރަޙައްދަކީ ރަށްރަށުން މާލެއައިސް ރަށްވެހިވެފައިވާ މީހުންނާ ގިރާވަރުން މާލެ ބަދަލުކުރި މީހުން ވަޒަންވެރިވެފައިވާ ސަރަހައްދެވެ. މި ސަރަޙައްދު ތަރައްޤީކުރަން ނިންމާފަވާކަން ހަމަ ކުރައްވައި ހައުސިންގ މިނިސްޓަރ މުޙައްމަދު މުއިޒް ވިދާޅުވީ މިސަރަޙައްދު ހުސްކުރުމަށް ތަފްސީލް ސާވޭއެއް ހަދައި މިހާރު ނިންމާފަވާކަމަށާ މި ސާވޭ ހަދާފައިވަނީ އެސަރަށްދުގައި ދިރިއުޅެމުންގެންދާ މީހުންނާ ބައްދަލު ކުރުމަށްފަހުކަމަށެވެ. މިސަރަހަށްދު ފާހަގަކުރެވިފައިވަނީ ވަރަށް ދަތިހާލުގައި ކުދި ކުދި ތަންތަންކޮޅުގައި ދިރިއުޅެންޖެހިފަވާ ސަރަހައްދެއްގެ ގޮތުގައި ކަމަށާ މިސަރަޙައްދުގައި ދިރިއުޅޭ މީހުން ހިމެނިފައިވަނީ މިހާތަނަށް ސަރުކާރުން ހިނގި ވޯހިޔާވަހިކަމުގެ އެއްވެސް މަސްރޫޢުއަކުން ފުރުސަތު ލިބިފައިނުވާ ބައެއްގެގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ވަރަށް ނިކަމެތިކޮށް ގިނަ ބަޔަކު ކުދިކުދި ތަންތަނުގައި ދިރިއުޅޭ ސަރަހައްދެއް އޮންނާނެ. އެދިމާލުގައި އުޅޭ މީހުންނަށް މިހާތަނަށް އަޅުގަނޑުމެންނަށް ޝަރުތުތައް ކަނޑައެޅޭ ގޮތުން އެބޭފުޅުންގެ މާޒީ އައިސްފައި އޮތް ގޮތުން ޝަރުތު ހަމައެއް ނުވޭ. އެހެންކަމުން އެބޭފުޅުންނަށް ބޯހިޔާވަހިކަމަށް މިހާތަނަށް ކުރިމައްޗެއް ނުލެވޭ. އެއިން ކޮންމެ ގޭބިސީއަކަށް ހުޅުމާލޭގައި މިއަޅާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ދޭގޮތައް މިހަމަޖެއްސީ. އެއީ ހުރިހާ ގޯތިތަކެއް ހުސްކުރާ ގޮތައް. އެފަރާތްތަކަށް ހުޅުމާލެ އިން ފްލެޓް ދީފައި މިތަންތަން އަލުން ރީޑިވެލޮޕް ކުރާ ގޮތައް ނިންމާފައި ވަނީ." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރީ ޑިވަލޮޕްމަންޓް މަޝްރޫޢުގެ ދަށުން އެސަރހަށްދުގެ 256 ގޭބީސީއަކަށް ހުޅުމާލޭން ފުލެޓް ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދަޅުވިއެވެ. މާފަންނުކޮޅުން ބައެއް ބޮލޮކްތަށް ހުސްކޮށް ރީޑިވެލޮޕް ކުރުމަށް ނިންމާފަވާއިރު މިހާރު އެސަރަޙަށްދުގައި 25 ބުރީގެ ތިންޓަވަރު ތަރައްޤީކުރުމަށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. ހައުސިން މިނިސްޓަރު ވިދާޅުވީ މާލޭ ބްލޮކް ރީޑިވަލޮޕްމަންޓް ޕޮރެޖްކްޓުގެ ދަށުން ހުސްކުރެވޭ ކޮށިތަކުގައި  ޖާގަ ތަނަވަސް ހައުސިންގ ޓަވަރުތަކެއް ތަރައްޤީ ކުރާނެކަމަށެވެ.

"ރީޑިވެލޮޕް ކުރީމާ އުސްފްލެޓްތަކެއް އެޅި ޕާކްތަކާއި ތަންތަން ހިމެނޭ ގޮތައް ތަންކޮޅެއް ތަނަވަސް ނޭބަހުޑްތަކެއް އެތަންތަނުގައި ހެދުމުގެ ފުރުސަތު ލިބިގެންދާނެ" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މާފަންނުކޮޅު ތަރައްޤީކުރުމަށް މުޅިން އާ ޕްރޮޖެކްޓެއް ސަރުކާރުން އިޢުލާންކޮށްފައިވާއިރު އެ ސަރަޙައްދުގައި މީގެ ކުރިންވެސް ސަރުކާރުން ވަނީ ކާމިޔާބު ކަމާއިއެކު ބޮޑު ޕްރޮޖެކްޓެއް ހިންގާފައެވެ. މިގޮތުން ރަސްފަންނުގެ ނަމުގައި މުޅިން އައު މައިޒާނެއް ވަނީ އެންމެ ޒަމާނީ ފެންވަރުގައި ތަރައްޤީކޮށްފައެވެ. މިއާއެކު އެ ސަރަހަށްދުގެ މަލަމަތި ވަނީ މުޅިން ބަދަލުވެފައެވެ.