ޚަބަރު

ރ.އަތޮޅުގައި ސުޒުކީ މެރިން ޓްރެއިނިންގ ޕްރޮގުރާމެއް ހިންގައިފި


މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ_އެމްޓީސީސީން ރ.އަތޮޅުގައި ސުޒުކީ މެރިން ޓްރެއިނިންގ ޕްރޮގުރާމެއް ހިންގައިފިއެވެ. މިއީ އެ އަތޮޅުގައި ގެންގުޅޭ ސުޒުކީ އައުޓްބޯޑް ލޯންޗު ތަކުގެ ކެޕްޓަނުންނާއި، ފަޅުވެރިންނާއި، އަދި އުޅަނދުތަކުގެ ވެރިފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 

މި ޕޮރޮގްރާމްގައި އިންޖީނު ބަލަހައްޓާނެ ގޮތާއި، ޢާންމުކޮށް އިންޖީނުތަކަށް ދިމާވާ މައްސަލަތަކުގެ މަޢުލޫމާތުތާއި، ސާރވިސް ކުރާނެގޮތުގެ މައުލޫމާތު ބައިވެރިންނާއި ޙިއްސާކޮށްފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި ޓްރެއިނިން ކުރިއަށްދިޔައީ މިމަހުގެ 23 އިން 24 އަށް  ރ. އުނގޫފާރުގައެވެ. މި ޕްރޮގުރާމުގައި 25 ފަރާތަކުން ބައިވެރިވިއެވެ. މިފަދަ ޕްރޮގްރާމް ތަކަކީ އެމްޓީސީސީން ކޮންމެ އަހަރަކުވެސް ކަސްޓަމަރުން ހޭލުތެރިކުރުވުމުގެ ގޮތުން ރާވާ ހިންގަމުންދާ ޕްރޮގްރާމްތަކެކެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެެ.