ވިޔަފާރި

ވިޔަފާރި ތަރައްޤީކުރުމަށް އަނެއްކާވެސް ލޯނުސްކީމެއް ހުލުވާލަނީ


ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނަށްކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ. 

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެމެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުމްތާޒް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ލޯނަށް އެދޭފޯމް މާލޭގެ އިތުރުން އަތޮޅުގެ ރަށްތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސްސެންޓަރުތަކުން ލިބެންހުންނާނޭ ކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީއޭޕްރިލްމަހުގެ 8 އިން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ލޯނު ސްކީމުން ޒުވާނުންނާއި، އަންހެނުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ. 

މިފަހަރުގެ ލޯނު ސްކީމްވެސް ކަނޑައަޅާފައިވަނީ 8ދާއިރާއަކަށެވެ. މީގެ ތެރެއިން ފަރުދަކަށް ނަމަ ލޯނުގެ ގޮތުގައި އެންމެ ގިނަވެގެންދޫކުރާނީ 8 ލައްކަ ރުފިޔާއެވެ. ޕާޓްނަރޝިޕެއްނަމަ ކަނޑައަޅާފައިވަނީ ގިނަވެގެން 5ލައްކަ ރުފިޔާއެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ގްރޭސްޕީރިއަޑެއްގެ ގޮތުގައި 1 އަހަރު ލިބިގެންދާއިރު، ލޯނު ސަރުކާރަށް އަނބުރާދެއްކުމަށް 9 އަހަރުގެ މުއްދަތެއް ލިބެއެވެ. މުމްތާޒް ވިދާޅުވީ، ކުދި އަދިމެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދޫކުރަމުން އަންނަ ލޯނުސްކީމްގެ ނަތީޖާ ވަރަށް ރަނގަޅަށް ޙާސިލްވަމުން އަންނަކަމަށެވެ.

އެސްއެމްއީ ލޯނަކީޒުވާނުންނަށް ޚާއްޞަކޮށް، ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޤްޞަދުގައިރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްޠިޞާދީ ސިޔާސަތުގެދަށުން ކުރިޔަށްގެންދާ ލޯނު ސްކީމެކެވެ.

މި ސްކީމްގެ ދަށުންމިދިޔަ އަހަރުވެސް ވަނީ 50 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ލޯނު ލިބުނުފަރާތްތަކުގެ ލިސްޓް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވަނީއާއްމުކޮށްފައެވެ.