ޚަބަރު

އދގެ ސިޔާސީ ކަންކަމާ ބެހޭ ޑިޕާރޓްމެންޓުގެ މިޝަންއެއް ރާއްޖޭގައި


އދގެ ޑިޕާރޓްމެންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ މިޝަންއެއް ރާއްޖެ އަތުވެއްޖެއެވެ. 

ރާއްޖޭގައި ހުންނަ އދގެ އޮފީހުން މަޢުލޫމާތުދޭގޮތުގައި އދގެ ޑިޕާރޓްމެންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ވޯކިންގް ލެވެލް މިޝަންގައި ހިމެނެނީ ޝިން އުމެޒޫ އާއި މިރިއަމް ކޮރޮނެލް ފެރަރއެވެ.

މި ދެބޭފުޅުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގައި މަޑު ކުރައްވާނެކަމަށާއި، މިދުވަސްތަކުގައި ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބައްދަލު ކުރާނެކަމަށް ރާއްޖޭގައި ހުންނަ އދގެ އޮފީހުން ބުނެއެވެ.

ބައްދަލުވުންތަކެއް ބާއްވާނެކަން ރާއްޖޭގައި ހުންނަ އދގެ އޮފީހުން ބުނި ނަމަވެސް މިޝަންގެ މަސައްކަތްތަކާ ބެހޭ އިތުރު ތަފުސީލް ހާމަކޮށްފައެއް ނުވެއެވެ.