 
										
			
 
 
 
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު، އަދި ނައިބު ލީޑަރަކަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝިދު އިންތިޚާބުކޮށްފިއެވެ.
 
 
ސްޓޭލްކޯ ކޮންފަރެންސް ހޯލްގައި ބޭއްވި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި، ލީޑަރުކަމަށް ނިހާން އިންތިޚާބުވީ ވޯޓުގައި ބައިވެރިވި ތިރީސް ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ނާއިބު ލީޑަރުކަމަށް ރިޔާޒް ރަޝީދު އިންތިޚާބުވީ ވޯޓްގައި ބައިވެރިވި މެމްބަރުގެ ތެރެއިން ސައްބީސް މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
 
 
ޕާލިމެންޓްރީ ގްރޫޕްގެ އިތުރު އެއްވެސް މަގާމަކަށް ބޭފުޅުން އިންތިހަބުކޮށްފައެއްނުވެއެވެ.  ޕީޕީއެމްއިން ބުނީ އިތުރު މަގާމްތަކަށް އިންތިޚާބު ނުބޭއްވީ، ބައެއް މެމްބަރުން ރަށުގައި ނޫޅުއްވާތީކަމަށެވެ. ނަމަވެސް ލީޑަރާއި، ނައިބު ލީޑަރު އިންތިޚާބުކުރުން ޕާޓީގެ ޤަވާއިދުގައި ބުނެފައިވާތީ އިންތިޚާބުލކުރީކަމަށް ޕީޕީއެމް އިން މަޢުލޫމާތުދެއެވެ.
 
 
 
 
ޕީޕީއެމްގެ ތިރީސް އަށް މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ.