ޚަބަރު

އަބްދުﷲ ސަޢީދުގެ ޝަރީޢަތް ނިމެންދެން ބަންދަށް


ޢަބްދުﷲ ސަޢީދުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިނިމަލް ކޯޓުން ހުކުމް ކޮށްފިއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިނިމަލް ކޯޓުން ހުކުމް ކުރީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ޢަބްދުﷲ ސާޢީދުގެ މައްޗަށް ދައުލަތުން ވަނީ 4 ދަޢުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދަޢުވާއާއި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއާއި ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.