ޚަބަރު

ދިރޭތަކެތީގެ ނަސްލުތަކާއިބެހޭ ރިޕޯޓް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ


"ދިރޭތަކެތީގެ ނަސްލުތަކާބެހޭ ހަވަނަ ރިޕޯޓް" ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިޢުލާންކޮށްފިއެވެ. 

އެމިނިސްޓްރީންބުނީ "ދިރޭތަކެތީގެ ނަސްލުތަކާއިބެހޭ ހަވަނަ ރިޕޯޓް" ތައްޔާރުކުރަނީ ދިވެހިރާއްޖެއިން ބައިވެރިވެރިވެފައިވާ މުޢާޙަދާއެއްކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލްޑައިވަރސިޓީ" ގެ ދަށުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީއާއިއެކު ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކުކަމަށެވެ. 

މިރިޕޯޓަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކަށް ހުރިނުރައްކާތަކާއި، އަންނަމުންދާ ބަދަލުތަކާއި އަދި ދިރޭތަކެތީގެ ނަސްލުތައް އޮތް ހާލަތާބެހޭގޮތުން އެކުލަވާލެވޭ ރިޕޯޓެކެވެ. އަދި ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓެރަޓަޖީއާއި އެކްޝަން ޕްލޭން ތަންފީޒްކޮށްފައިވާ މިންވަރާއި ޤައުމީޕްލޭންތަކުގައި ދިރޭތަކެތީގެ ނަސްލާބެހޭ އެންމެހާ ކަންތައްތައް ހިމެނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މި ރިޕޯޓްގައި އަލިއަޅުއްވާލަން ޖެހޭނެއެވެ.