ކުޅިވަރު

ޗައިނާގެ މައުލޫމާތު ރޮނާލްޑޯ ހޯދައިފި


އޭނާގެ ކުރީގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީގެ ކިބައިން ޗައިނާއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ބްރެޒިލް އާއި ޕޯޗުގަލްގެ ކުރީގެ ޤައުމީ ކޯޗު ސްކޮލާރީ މިހެން ބުނީ އަންނަ ސީޒަނުގައި ރޮނާލްޑޯ ޗައިނާ ލީގުން ފެނިދާނެ ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން އަންނަ ދުވަސްވަރެއްގައެވެ.

ސްކޮލާރީއާ ހަވާލާދިފައިވާ ބްރެޒިލްގެ ނޫސްތަކުން ބުނާ ގޮތުގައި ޗައިނާގެ ކުލަބަކުން ވަނީ ރޮނާލްޑޯގެ އެޖެންޓާ ބައްދަލުކޮށް، މެޑްރިޑުން ކުޅުންެރިޔާ ގަތުމަށް 300 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ދޭން ތައްޔާރުވެފައެވެ. މިއީ ޕީއެސްޖީގެ ނޭމާ މެޑްރިޑަށް ގެނައުމަށް ކުރާ މަސައްކަތަށް އިންވެސްޓް ކުރަން ހޭދަކުރެވޭނެ ފައިސާ ކަމަށް ސްޕޭނުގެ ނޫސްތަކުން ވެސް ދަނީ ބުނަމުންނެވެ.

"އެއީ ތެދެއް. ރޮނާލްޑޯ އަހަރެން ގާތުން ޗައިނާއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހޯދި. އަހަރެން އޭނާއަށް ޗައިނާ ކަމުދާނެ ވަރަށް ގިނަ ވާހަކަތައް ކިޔާދިނިން. ރޮނާލްޑޯ އަކީ ބްރޭންޑެއް. އޭނާއަށް ޗައިނާގައި ކާމިޔާބުވާނެ ކިތަންމެ ވާހަކަތަކެއް އަހަރެން ވާނީ ކިޔާދީފައި،" ޗައިނާ ގުއަންޒޫ އެވަގްރާންޑަށް ކޯޗުކޮށްދިން ސްކޮލާރީ ބުންޏެވެ.

ރޮނާލްޑޯ ހުރީ 2021 ވަނަ އަހަރާ ހަމައަށް މެޑްރިޑާއކެު ކޮންޓްރެކްޓްގައި ސޮއިކޮށްގެންނެވެ. ނަމަވެސް މުސާރަ ބޮޑު ނުކުރާ މައްސަލާގައި މެޑްރިޑް ދޫކޮށްލަން އޭނާ ވިސްނަމުންދާ ކަމަށް ސްޕޭނުގެ ނޫސްތަކުން ވަނީ މިދިޔަ އަހަރުއްސުރެ ބުނަން ފަށާފައެވެ.