ޚަބަރު

ޑައުންސިންޑްރޯމް ކުދިން މޯލްޑިވިއަންގެ ސީޕްލޭންގައި


ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި އެކު މޯލްޑިވިއަނުން ހާއްސަ ވަގުތުކޮޅެއް ހޭދަކޮށްފިއެވެ.

ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަނުން ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި މޯލްޑިވިއަންގެ ސީޕްލޭންއަށް ޒިޔާރަތްކޮށް ސީޕްލޭންގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތް އެ ކުދިންނަށް ވަނީ ދައްކާލާފައެވެ.

img:http://s1.psmnews.mv/images/660x400/15215271907965.jpg|

 މިގޮތުން ސީޕްލޭން ޓަރމިނަލަށް ޒިޔާރަތްކުރުމާއި ސީޕްލޭނަށް އަރާ ބަލާލުމާއި ފުރުސަތު އެކުދިންނަށް ވަނީ ދީފައެވެ. އަދި އެކުދިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ހާއްސަ ހަދިޔާއެއްވެސް ދީފައެވެ.

img:http://s2.psmnews.mv/images/660x400/15215271695663.jpg|

މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވިއަން އާއި ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނާ ގުޅިގެންނެވެ. އަދި މި ހަރަކާތުގެ މަގުސަދަކީ ޑައުންސިންޑްރޯމް ކުދިންނަކީވެސް އެހެންކުދިންނެކޭ އެއްފަދައިން ފުރުސަތުތައް ފަހިވެފައިވާ އަދި އެއްވެސް ހުރަހެއް ނެތި މުޖުތަމަޢުގެ ހުރިހާ ކަމެއްގައި ބައިވެރިވެވޭނެ ކުދިންކަން އެކުދިންނަށް އިޙްސާސްކޮށްދިނުންކަމަށް މޯލްޑިވިއަނުން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/15215273126632.jpg|

ބައިނަލް އަޤުވާމީގޮތުން ފާހަގަކުރާ ޑައުންސިންޑްރޯމް ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އެކާވީސްވަނަ ދުވަހެވެ.