ޚަބަރު

ސާކް ބިޒްނަސް ލީޑާޒް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


ހަވަނަ ސާކް ބިޒްނަސް ލީޑާޒް ބައްދަލުވުމުގައި ރާއްޖއިން ބައިވެރިވެއްޖެއެވެ. 

ތިން ދުވަހުގެ މުއްދަތަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރީ ވިމެން އިން މެނޭޖްމަންޓުގެ ފަރާތުންނެވެ. ރާއްޖެއިން ބައިވެރިވި ބޭފުޅުންވަނީ ސާކް ބިޒްނަސް ލީޑާޒް ބައްދަލުވުމުގެ އެކި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ ވާހަކަދައްކާފައެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމަތުދިނެވެ. މިއަހަރުގެ ބައްދަލްވުމުގެ ޝިޢާރަކީ ސަރަހައްދީ ޤައުމުތަކުން އެކުގައި ވިޔަފާރިއާއި އިޤްތިސާދީ ކުރިއެރުމުގެ ނަފާހޯދަން މަސައްކަތްކުރަން ހުރި ފުރުސަތުތަށް ހާމަކޮށް ޔަޤީންކުރުމެވެ. 

ސާކް ބިޒްނަސް ލީޑާޒް ކޮންކުލޭވަކީ މިސަރަހައްދުގެ ޤައުމުތަކުގައި އެކިއެކި ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތްކުރަމުންދާ ބޭފުޅުންނަށް ޚާއްޞަކޮށް ބާއްވާ ބައްދަލުވުމެކެވެ. ސާކް ޗެންބަރ އޮފް ކޮމާސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މިބައްދަލްވުމުގައި ސާކް ސަރަހައްދުގެ ޤައުމުތަކުގައި ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާބެހޭ ގޮތުން މުހިންމު މަޝްވަރާތައްވަނީ ކޮށްފައެވެ. އަދި އަންހެން ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ އެފަދަ ކަންކަން ފަހަނައަޅާދެވޭނެ ގޮތްތަކާބެހެ ގޮތުން މަޝްވަރާކޮށްފައިވެއެވެ.