ކުޅިވަރު

ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފި


ފަހަތުންއަރާ ނޮޅިވަރަމްފަރު ބަލިކޮށް، ހދ އޮތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފިއެވެ.

 މިނިވަން ޗެމްޕިއަންޝިޕްގައި ހދ.އަތޮޅު ބުރުގެ ފައިނަލުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދީ ފައިނަލްގައި ނޮޅިވަރަމްފަރު ދެ ލަނޑު ޖަހާފަވަނިކޮށް، ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ނޮޅިވަރަމްފަރުން ކާމިޔާބު ކުރީ ފުރަތަމަ ހާފްގައެވެ. ހަނިމާދުގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ. 

ހދ. އޮތުޅުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދުމުން އެޓީމް ޒޯން ބުރުގައި ވާދަކުރަންޖެހޭނީ ހއ. އަތޮޅުގެ ޗެމްޕިއަށް މުރައިދޫއާއެވެ. މިދެޓީމް ބައްދަލުކުރާ ފުރަތަމަ ލެގު ކުޅޭނީ އަންނަ ބުދަ ދުވަހު ހަވީރު ހަނިމާދޫގައެވެ. 

މުބާރާތުގައި އިއްޔެ ރ.އަތޮޅުގައި ކުޅުނު މެޗު އިންނަމާދޫއާއި ވާދަކޮށް މީދޫ ކާމިޔާބުކުރީ ހަ ލަނޑު އެއް ލަނޑުންނެވެ. މެޗަށް ނިކުއިން އިރުވެސް މީދޫއަށް އޮތީ ފައިނަލްގެ ޖާގަ ކަށަވަރުވެފައެވެ. 

އިއްޔެ ށ. އަތޮޅުގައި ކުޅުނު މެޗު ފޭދޫއާ ވާދަކޮށް ފުނަދޫ ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. ފޭދޫ ވަނީ އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުން ފޯކައިދޫ އަތުން ބަލިވެފައެވެ. ފޭދޫ ވަނީ ދެ މެޗުން ބަލިވުމާއެކު މުބާރާތުން ކަޓާފައެވެ. މި ގުރޫޕްގެ ފަހު މެޗުގައި ވާދަކުރާނީ އަތޮޅު ފައިނަލުގައި ވާދަކުރާ ދެޓީމް ކަމަށްވާ ފޯކައިދޫއާއި ފުނަދޫއެވެ. މެޗު ކުޅޭނީ މާދަމާއެވެ.