ޚަބަރު

އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި


ރަމަޟާންމަހަށް ހާއްސަކޮއްގެން ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ބާއްވަމުން އަންނަ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 18 މާރޗް އިން 31 މޭ ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓާއި އިލެކްޓްރޯނިކްސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

މިޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް އިން ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލްސް ފިހާރަތަކުން ކުރާ ކޮންމެ 1000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ދިމާވާ ފަރާތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 500،000 ރުފިޔާ ގެ އަގުހުރި އިނާމް ލިބިގެން ދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަންގައި ވަގުތުން ލިބޭ ގިނަ އިނާމްތަކެއް ހިމެނޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މިއަހަރުގެ ރަމަޟާން ބާޒަރަކީ ގޭތެެރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނު އެއްތަނަކުން ހެޔޮއަގެއްގައި ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްކަމަށް އެސްޓީއޯއިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި މާލޭގެ އެކި ސަރަހައްދު ތަކުގައި ޕްރޮޑަކްޓް ޑެމޮންސްޓްރޭޝަން ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.