ސިޔާސީ

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް އިބްރާހިމް މުޙައްމަދު ޞާލިހް
 


އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުޙައްމަދު ޞާލިހް އަދި ނައިބު ލީޑަރަކަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިންތިޚާބުކޮށްފިއެވެ.


 
ޕާލިމެންޓަރީ ގުރޫޕްގެ ބައެއް މަގާމްތަކަށް މެމްބަރުން އިންތިޚާބުކުރުމަށްޓަކައި އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ލީޑަރައި ނައިބު ލީޑަރުގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އިންތިޚާބުކޮށްފައެވެ.


 
 


އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ތިން މަގާމަކަށް ބޭފުޅުން އިންތިހަބު ކުރިއިރު، ޕާލަންޓްރީ ގްރޫޕްގައި ދެ ޑެޕިއުޓީ ލީޑަރުންނާއި ތިން ވިޕުން ވެސް އިންތިޚާބުކުރަންޖެހެއެވެ.  ނަމަވެސް އެމްޑީޕީން ބުނީއެމަޤާމްތަކަމަށް ބޭފުޅުން އިންތިޚާބުކުރާނީ ޕާޓީތެރޭގައި އިތުރު މަޝްވަރާތަކެއް ކުރުމަށް ފަހުގައިކަމަށެވެ. އެއީ މިވަގުތު ޕާލިމެންޓްރީ ގްރޫޕްގައި ގިނައީ މަޖިލީހަށް އަލަށް ހޮވި ވަޑައިގަތް މެމްބަރުންކަމަށް ވާތީކަމަށްވެސް އެމްޑީޕީން މަޢުލޫމާތުދެއެވެ.