ކުޅިވަރު

ނިއުއަށްވުރެ މާޒިޔާ މޮޅު - ކިސް


ނިއުރޭޑިއަންޓަށް ވުރެ ހުރިހާ ގޮތަކުންވެސް މާޒިޔާ އަކީ ރީތި ފުޓްބޯޅެއް ކުޅޭ ޓީމެއްކަމަށާއި، މާޒިޔާ ވަރުގަދަ ނަމަވެސް މެޗު މޮޅުވާން މަސައްކަތް ކުރާނެކަމަށް ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުނެފިއެވެ. 

އެސްޓިއޯ މާލޭ ލީގުގައި މާޒިޔާ ދެކޮޅަށް ނިކުތުމުގެ ކުރިން މިއަދު އެފްއޭމް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ކިސް ބުނީ ނިއުރޭޑިއަންޓުން މިހާތަނަށް ކުޅުމެން އަންނަނީ ޓާގްޓް ފުޓްބޯޅައެއް ކަމަށާއި ނުއިރޭޑިންޓް ހުރިހާ މެޗަކުން ލީގުގައި އަދި މޮޅުވިޔަސް އެޓީމުގެ ފާރާތުން ރީތިފުޓްބޯޅައެއް ނުފެންނަކަމަށެޗެ. އެއާ ހިލާފަށް ކުރިން ވެލެންސިޔާގެ ކޯޗަކަށް ހުރިއިރު އޭނާ އިރުޝާދިން، މިހާރު މާޒިޔާގެ އިންމަ އާއެކު މާޒިޔާ ފެންނަނީ ރީތި ފުޓްބޯޅެއް ކުޅެން މަސައްކަތް ކުރާތަން ކަމަށެވެ. އަދި އެޓީމުގައި ޒުވާން މޮޅު ކުޅުންތެރިންތަކެއް އެބަތިބިކަމަށެވެ.

 ވިކްޓްރީގެ ކޯޗު ކިސް ބުނީ އެންމެފަހުން ޓީސީ އަތުން މޮޅުވީ ފުރަތަމަ ހާފްގައި އޭނާގެ ޓީމުން ދެއްކި މޮޅު ކުޅުމުން ކަމަށާއި، އެހެންނަމެވެސް މާޒިޔާ މެޗުގައި އުނދަގޫތަކެއް ކުރިމަތިވާނެކަމަށެވެ. ކިސް ބުނީ އޭނާގެ ޓީމްގެ ބައެއް ކުޅުންތެރިން މިލެވެލްގެ ފުޓްބޯޅައަށް ފިޓްނޫން ކަމަށާއި، މެންޓަލީ ކުޅުންތެރިން ތައްޔާރު ނޫންކަމަށެވެ.

" ރާއްޖޭގެ ކުޅުންތެރިން އެބަޖެހޭ މިލެވެލްއަށް ފިޓްވާން، ކުޅުންތެރިން މެންޓަލީ ފިޓެއްނޫން. އެކުޅުންތެރިން އެބަޖެހޭ މޮޑަން ފުޓްބޯޅަ ދަސްކުރަން." ކުރިން ރާއްޖޭގައި ކާމިޔާބު ހޯދި ކިސް ބުންޏެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ ޤައުމީ ޓީމްގެ މެޗަށް ލީގުގެ ކުޅުން މެދުކަނޑާލާއިރު މީމޮޅުވާން ޖެހޭ މުހިންމު މެޗެއްކަމަށެވެ. ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ނިކުންނަނީ ފުރިހަމަ އިހްތިރާމާ އެކު ކަމަށާއި، ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެސް ލެވެލް މަތިކުރުމަށްވެސް މެޗުން މޮޅުވުން މުހިންމުކަން ބޮޑުކަން އިންމަ ފާހަގަކުރިއެވެ. އިންމު ބުނީ މެޗު ނިންމާފަ ދަނޑުން ފައިބާނީ ތިން ޕޮއިންޓް ހޯދައިގެންކަމަށެވެ.

" ބްރޭކަށް ދާއިރު މެޗުން ތިން ޕޮއިންޓް ވަރަށް މުހިންމު. ކުޅުންތެރިންގެ ކޮންފިޑެސް ލެވަލް މަތިކުރަމަށްވެސް މެޗުގެ މުހިންމުކަން ބޮޑު.އިރާދަކުރެއްވިއްޔާ މާޒިޔާ ދަނޑުން ފައިބާނީ ތިންޕޮއިންޓާއެކު. "އިންމަ ބުންޏެވެ.

ލީގުގައި މާޒިޔާއާއި ވިކްޓްރީ ވާދަކުރާ މެޗު ކުޅޭނީ މާދަމާ ހަވީރުއެވެ.