މުނިފޫހިފިލުވުން

މިއީ ފެށުމެއް، ކުރިއަށް ހިތްގައިމު ލަވަތަކެއް ހުރީ - ސަލްވާ، ޝާން


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 10 އަކުން ޖާގަނުލިބުނު ކަމުގައިވިޔަސް، ޝާން އަދި ސަލްވާވެސް ތިބީ މިއުޒިކީ ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއްގައެއް ނޫންނެވެ. ބެލުންތެރިންގެވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މި 2 ބައިވެރިންވެސް ބުނަނީ މިއީ ފެށުމެއްކަމަށާއި، ހިތްގައިމު ލަވަތަކަކާއެކު ބެލުންތެރިންނާއި އެމީހުންގެ ފޭނުންނާއި ވަރަށް އަވަހަށް ބައްދަލުކުރާނެކަމަށެވެ.މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތަކަކީ މި މުބާރާތުގެ ބައިވެރިންނާއި ޖަޖުންގެ އިތުރުން، ބެލުންތެރިންވެސް އެ ޝޯވތަކަކަށް އެންމެ އިންތިޒާރުކުރާނެ ޝޯވތަކެވެ. ސަބަބަކީ އައިޑަލްގެ ހަޤީޤީ ފެށުމަކީ ގާލާ ރައުންޑުކަމަށްވެފައި، ބައިވެރިންގެ ހުނަރާއި ޤާބިލުކަން މިނެކިރުމަށް ޖަޖުންގެ އިތުރުން، ބެލުންތެރިންނަށްވެސް ލިބިގެންދާތީއެވެ. ހަމައެހެންމެ ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެ، ޝޯވގެ ފޯރި އިތުރުވެގެންދާތީއެވެ. ކުރީގެ ސީޒަންތަކާއި ޚިލާފަށް، މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގައި ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދިއުމަކީ، މި ޝޯވއާމެދު ބެލުންތެރިންގެ އުންމީދުތައް ވަކިން ބޮޑަށް އިތުރުވެގެންދިޔަ ސަބަބެކެވެ

ކޮންމެއަކަސް ތަފާތު ރަހަތަކަކާއެކު މިފަހަރުގެ ސީޒަން ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ މި ހަފްތާގައި ދައްކާފައިވާއިރު، މި ހަފްތާގެ ޝޯވއިން ގަދަ 10 އަކުން ޖާގައެއް ނުލިބި، މި މުބާރާތާއި ވަކިވާން ޖެހުނު 2 ބައިވެރިންނަކީ ޝާން ޝަރީފް އަދި މަރިޔަމް ސަލްވާއެވެ. މި 2 ބައިވެރިންނަކީވެސް އައިޑަލްގެ ޝޯވތަކުގައި ހިތްގައިމު ރީތި ލަވަތަކެއް ގެނެސްދީ، ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ 2 ބައިވެރިންނެވެ. އެހެންނަމަވެސް މުބާރާތެއްގައި ނަތީޖާ ކޮންމެފަދަ ގޮތަކަށް ނުކުމެދާނެކަމީ މި 2 ބައިވެރިންނާއި، ސަޕޯޓަރުންވެސް ޤަބޫލުކުރަންޖެހޭނެ ހަޤީޤަތެކެވެ. 

ޝާން އަދި ސަލްވާވެސް އައިޑަލްގެ މި ޕްލެޓްފޯމް ސިފަކޮށްފައިވަނީ މިއުޒިކީ ދާއިރާގެ އިތުރުން، އަމިއްލަ ދިރިއުޅުމަށްވެސް ގިނަ ބަދަލުތަކެއް ގެނުވި ތަނެއްގެ ގޮތުގައެވެ. އަދި އައިޑަލްގެ މި ދަތުރު ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެކަމަށް މި 2 ބައިވެރިންވެސް ބުނެއެވެ.މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 10 އަކުން ޖާގަނުލިބުން ކަމުގައިވިޔަސް، ޝާން އަދި ސަލްވާވެސް ތިބީ މިއުޒިކީ ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއްގައެއް ނޫންނެވެ. ބެލުންތެރިންގެވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މި 2 ބައިވެރިންވެސް ބުނަނީ މިއީ ފެށުމެއްކަމަށާއި، ހިތްގައިމު ލަވަތަކަކާއެކު ބެލުންތެރިންނާއި އެމީހުންގެ ފޭނުންނާއި ވަރަށް އަވަހަށް ބައްދަލުކުރާނެކަމަށެވެ.މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ ޚާއްޞަކޮށްފައިވަނީ "އަބަދަށް ފެހި ރީތި ލަވަތައް" މި ތީމަށެވެ. އެގޮތުން މިހަފްތާގެ ޝޯވގައި މި ތީމަށް ކޮންމެ ބައިވެރިއަކުވެސް، އެބައިވެރިއަކު އެންމެ ގަޔާވާ އަދި އެންމެ ކިޔާލަން ބޭނުންވި ލަވަ ހުށައަޅައިދީފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ޖަޖުންގެ ފަރާތުން ވަނީ ތަފާތު ކޮމެންޓްތަކެއް ލިބިފައެވެ.

އައިޑަލްގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުންދާއިރު، ބައިވެރިންގެ މެދުގައި އޮތް ވާދަވެރިކަންވެސް ޝޯވއަކަށްފަހު ޝޯވއެއްގައި އިތުރުވަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.