ކުޅިވަރު

ބުފޮން ނިންމުން ބަދަލުކޮށް، އަލުން ޤައުމީ ޓީމަށް!


މިފަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ޓީމު ކޮލިފައިނުވުމުން ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ތަޖްރިބާކާރު ކީޕަރު ބުފޮން އެންމެ ފަހުން ނެގި އިޓަލީ ސްކޮޑުގައި ހިމަނައިފިއެވެ. 

އުމުރުން 40 އަހަރުގެ ބުފޮން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ އިޓަލީ ޓީމުން އޭނާގެ ހިދުމަތް ބޭނުންވެގެން އެދިއްޖެނަމަ އެކަމަށް ފުރަގަސް ނުދޭން ނިންމާފައެވެ. އިޓަލީ ޓީމަށް 175 މެޗު ކުޅެދީފައިވާ ބުފޮން އަކީ މިހާރު އިޓަލީގައި ހުރި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާއެވެ. ބުފޮން އާއި އެކު ޔުވެންޓަސްގެ ޑިފެންޑަރު ކިއެލީނީ އާއި ރޯމާގެ މިޑްފިލްޑަރ ޑެނިއެލް ދެ ރޮސީ ވެސް ވަނީ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ކުޅުންތެރިއެއްގެ ނިންމުން އަނބުރާ ގެންގޮސްފައިނުވުމުން މިފަހަރުގެ ޓީމުން ޖާގަ ދީފައެއް ނުވެއެވެ. 

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އިޓަލީގެ ޤައުމީ ޓީމް ވަނީ އާޖެންޓީނާ އަދި އިންގްލޭންޑާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނިންމާފައެވެ.