ވިޔަފާރި

އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޢާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރި މަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކުރިއަށްއޮތް ދައުރު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބްކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މަޤާމަށް އެދި ކުރިމަތިލާ ފަރާތަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭކަމަށެވެ.

އެސްޓީއޯގެ ހިއްސާ ބެހިފައިވާގޮތުންނާއި އެސްޓީއޯގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބްކުރަންޖެހެނީ އެންމެ ޑިރެކްޓަރެކެވެ. ނަމަވެސް ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އައްޔަން ކުރަން ޖެހެއެވެ.

 އެސްޓީއޯގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިހިނގާ މާރޗްމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.