ކުޅިވަރު

އާކޯޗާ ޤައުމީ ޓީމް ހަވާލުކޮށްފި


ސާފްޗެންޕިއަންޝިޕް ކާމިޔާބުކުރުން އެއީ މިހާރުން މިހާރަށް ލާޒިމްކަމެއް ނޫންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. 

ބައްސާމް މިހެން ވިދާޅުވީ ޤައުމީ ޓީމްގެ އާ ކޯޗު ޕީޓަރ ސެގަޓްއާއެކު އެއްބެސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. ބައްސާމް ވިދާޅުވީ އާ ކޯޗާ ހަވާލުކުރެވިފާވާ މައިގަނޑު ޒިންމާއަކީ އެކި އުމުރުފުރާތަކުގެ ޒުވާން ޓީމްތައް ބިނާކުރުންކަމަށާއި، ޒުވާން ރަނގަޅު ސުކޮޑެއް އެކުލަވާލުން ކަމަށެވެ. އޭނާ ވިދާޅުވީ 2018 ވަނައަހަރު ސާފްޗެންޕިއަންޝިޕް ތަށި ރާއްޖޭ ހޯދި ހިސާބުން ފެށިގެން މިހާތަނަށް އައިރު ރަނގަޅު ޓީމެއް ބިނާކުރެވިފަނުވާކަމަށެވެ. 

ރާއްޖޭގެ މިވަގުތު ފުޓްބޯޅައިގެ ހާލަތު ހުރި ގޮތުން ކުރިމަގަށް ކުރިންހުރި މަސައްކަތް ވަރަށްގިނަ ކަމަށާއި، މިކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ބައްސާމް ވިދާޅުވިއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގައި މިވަގުތު ތިބި ކުޅުންތެރިންނަށް ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރެވިދާނެކަމަށް ޤަބޫލްނުކެރެވެނީތޯ ޕީއެސްއެމް ސްޕޯރޓްސްއިން ސުވާލުން ކުރުމުން ބައްސާމް ވިދާޅުވީ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި، ކުޅުންތެރިން ސާޕްޗެންޕިއަންޝިޕް ކާމިޔާބުކުރަން މަސައްކަތް ކުރާނެކަން ޔަޤީކަން އެބައޮތް ކަމަށެވެ." އަޅުގަނޑުމެން މިހާރުން މިހާރަށް ސާޕްޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ލާޒިމެއް ނޫން. ބޭނުންވަނީ ޒުވާން ކުޅުންތެރިން ޓީމެއް ބިނާކުރަން" ބައްސާމް ވިދާޅުވިއެވެ.ބައްސާމް ވިދާޅުވީ ދިވެހިސަޕޯޓަރުންނަށް މިވާހަކަ ޤަބޫލްކުރަން ދަތިވެދާނެކަމަށާއި އޭނާގެ އަމާޒުހުރީ އާކޯޗާއެކު ޒުވާން ޓީމެއް ބިނާކުރުމަށްކަމަށެވެ.