ކުޅިވަރު

ވޮލީގައި ގޮއިދޫގެ އަހަރެއް، އަހުމަދިއްޔާއަށްވެސް ކާމިޔާބު!


420 ކުދިންނާއެކު ކުރިއަށްގެންދިޔަ މިއަހަރުގެ މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ތިން އުމުރުފުރާއެއްގެ ދަރިވަރުން ބައިވެރިވި މި މުބާރާތުގައި 15 ސްކޫލަކުން 35 ޓީމު ވާދަކުރިއެވެ. މި އަހަރުގެ މުބާރާތުގައި ފަސް އަތޮޅަކުން އަށް ޓީމު ވަނީ ވާދަކޮށްފައެވެ. އެއީ ބ.ގޮއިދޫ ސްކޫލުގެ ތިން ޓީމު، ކ.މާފުށިން އެއް ޓީމު، ތ.މަޑިފުށި ސްކޫލުން އެއް ޓީމު، ވ.ކެޔޮދޫ ސްކޫލުން އެއް ޓީމު އަދި ފ.އަތޮޅު ސްކޫލެވެ.

މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ބ.ގޮއިދޫ ސްކޫލުންނެވެ. ފައިނަލުގައި މުހްޔިއްދީން ސްކޫލާއި ވާދަކޮށް ގޮއިދޫ މެޗު ކާމިޔާބުރީ ސީދާ ތިން ސެޓުންނެވެ. ސާދަ އަހަރުން ދަށުގެ އަންހެން ބައިން ތިންވަނަ ހޯދީ ތާޖުއްދީން ސްކޫލްއެވެ.

14 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން:

-ބ.ގޮއިދޫ ސްކޫލުގެ ދީނާ މަޖީދު، އައިޝަތު ލައިޝާ މަޖީދު އަދި ފާތުމަތު ލުބްނާ އަހުމަދު ޒިޔާދު

-މުހްޔިއްދީން ސްކޫލުގެ ފާތިމަތު ފައިހާ އަބްދުﷲ ފަހުމީ އަދި ފާތިމަތު ޒާރާ މޫސާ

-ތާޖުއްދީން ސްކޫލުގެ އައިމިނަތު މިޝްފާ މުސްތަފާ

14 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ބ.ގޮއިދޫ ސްކޫލުގެ ކޯޗް މުހައްމަދު ނިޒާމްއެވެ.

14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަންވެސް ބ.ގޮއިދޫ ސްކޫލުން ހޯދީ ފައިނަލުގައި ތާޖުއްދީން ސްކޫލާއި ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ފިރިހެން ޑިވިޝަންގެ ތިން ވަނަ ހޯދީ މުހުޔިއްދީން ސްކޫލުއެވެ.

img:http://s2.psmnews.mv/images/660x400/15210128038518.jpg|މުބާރާތުގެ ފައިނަލްގައި ދެޓީމް ވާދަކުރަނީ: ފޮޓޯ-ވީއޭއެމް

14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން:

-ބ.ގޮއިދޫ ސްކޫލުގެ މާޖިދު ވަޖީހު އަދި ނާއިޝް ޔޫސުފް

-މުހްޔިއްދީން ސްކޫލުގެ އަބްދުﷲ ޝަފްވާން ޝަހީމް އަދި އިބްރާހިމް އަމީން

-ތާޖުއްދީން ސްކޫލުގެ އަހުމަދު އަހްބާދް އާމިރު އަދި މީޝަމް މަމްދޫހް

14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީވެސް ގޮއިދޫ ސްކޫލްގެ މުހައްމަދު ނިޒާމްއެވެ.

މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ބ.ގޮއިދޫ ސްކޫލުންނެވެ. ގޮއިދޫ ޗެންޕިއަންކަން ހޯދީ ފައިނަލު މެޗުގައި ވ.ކެޔޮދޫ ސްކޫލާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. 16 އަހަރުން ދަށުގެ އަންހެން ބައިން ތިންވަނަ ހޯދީ މުހުޔިއްދީން ސްކޫލުއެވެ.

16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން:

-ބ.ގޮއިދޫ ސްކޫލްގެ ރަފްހާ ސަމީރު، މަރިޔަމް ނަޒާހަތް އަދި ޒަހާ ނިޔާޒް

-ވ.ކެޔޮދޫ ސްކޫލްގެ ނަފްހާ މޫސާ އަދި އައިޝަތު އާލާ

-ތާޖުއްދީން ސްކޫލްގެ އައިޝަތު ސަޖާޔާ ނިމާދު

16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ބ.ގޮއިދޫ ސްކޫލުގެ ކޯޗް މުހައްމަދު ނިޒާމްއެވެ.

މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ޗެޕިއަންކަން ފ.އަތޮޅު ސްކޫލް ހޯދީ މުބާރާތުގެ ފައިނަލު މެޗްގައި ގާޒީ ސްކޫލާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މި ކެޓަގަރީން ތިން ވަނައަށް ހޯދީ ތާޖުއްދީން ސްކޫލެވެ.

16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން:

-ގާޒީ ސްކޫލުގެ މުހައްމަދު ނަޒާން ނިޔާޒް އަދި ޝަމާއިލް ހުސެއިން

-ފ.އަތޮޅު ސްކޫލުގެ އަހުމަދު ނާފިއު، ޝައިން އަބްދުﷲ އަދި ނާއިފް އިބްރާހިމް

-ވ.ކެޔޮދޫ ސްކޫލުގެ ޝަހްބާން އަބޫބަކުރު މުހައްމަދު

16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ވ.ކެޔޮދޫ ސްކޫލުގެ ކޯޗް އަލީ ޒާހިރުއެވެ.

19 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު ހޯދީ ފައިނަލް މެޗްގައި މެޕްސް އިންޓަރނޭޝަނަލް ސްކޫލާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ނަވާރަ އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ބައިން ތިންވަނަ ހޯދީ ސީއެޗްއެސްއީ އެވެ.

img:http://s2.psmnews.mv/images/660x400/15210128298065.jpg|މުބާރާތުގެ ފައިނަލްގައި ދެޓީމް ވާދަކުރަނީ: ފޮޓޯ-ވީއޭއެމް

19 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން:

-އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އައިމިނަތު ޝަހާ ޝާމިން، އައިމިނަތު އަފާފް ނިޒާމް، ޝާނިޔާ އަހުމަދު ނިޒާމް އަދި އައިމިނަތު ރުދެއިނާ

-މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލުގެ މައީޝާ އަބްދުލް ހައްނާން

-ސެންޓަރ ފޯ ހައަރ ސެކަންޑްރީ އެޑިއުކޭޝަންގެ ޝައްފަ މުހައްމަދު

19 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ކޯޗް ޝުއެއިބް އަހްމަދުއެވެ.

19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އަހްމަދިއްޔާ ޗެންޕިއަންކަން ހޯދީ ފައިނަލު މެޗު ތިން ސެޓް އެއް ސެޓުން ސީ.އެޗް.އެސް.އީ ބަލިކޮށްގެންނެވެ. 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ބައިން ތިންވަނަ ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ.

19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން:

-ވިލާ އިންޓަރނޭޝަނަލް ސްކޫލުގެ އަހުމަދު ޝާވިން ޝިހާމް

-ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ ހަސަން ނައްވާޝް އަދި ހަސަން ސާމިހް

-އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އަހުމަދު މުޒުލިފް، ހުސެއިން ޒަޔާން އަދި އަހުމަދު ޝަފާހް.

މި އުމުރުފުރާގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ކޯޗް ޝުއެއިބް އަހްމަދުއެވެ.

މި އަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް ވެފައި ވަނީ ބ.ގޮއިދޫ ސްކޫލްއެވެ. އެ ސްކޫލުން ވަނީ ސާދަ އަހަރުން ދަށުގެ ދެ ކެޓަގަރީގެ ޗެންޕިއަންކަމާއި، ސޯޅަ އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަންވެސް ހޯދާފައެވެ. އަދި މިއީ ގޮއިދޫ ސްކޫލުން ސޯޅަ އަހަރުން ދަށުގެން އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ޖެހިޖެހިގެން ހޯދި ހަތަރުވަނަ ފަހަރުވެސްމެއެވެ.