ޚަބަރު

ސިފައިންނަށް އިތުރު ތަމްރީނުގެ ފުރުޞަތު ހޯދުމާގުޅޭ މަޝްވަރާތަކެއް


ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީއާއި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން ދިވެހި ސިފައިންނަށް ލިބެންހުރި ތަޢުލީމީ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މިކަމާބެހޭގޮތުން މަޝްވަރާކުރައްވާފައިވަނީ ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ އިސް ވަފްދާއެކު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި އެ ޔުނިވަރސިޓީއާ ގުޅިގެން އެކި ދާއިރާތަކުން ރިސާޗް ހެދުމާއި ޢިލްމީ ދާއިރާއިން އެމްއެންޑީއެފަށް ދެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/15210092581068.jpg|

މިވަފުދު ގެ ބޭފުޅުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވެވުމުގައިވެސް ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީއިން ޚާއްޞަ ފަންނުތަކުން ދިވެހި ސިފައިންނަށްހުރި، އުނގެނުމުގެ ފުރުޞަތު ތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝަވަރާކުރައްވާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.