ޚަބަރު

ނޭޕާލްގެ ކަތުމަންޑޫގައި ވެއްޓުނު ފްލައިޓުގައި ދިވެއްސެއް


ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށް ވެއްޓުނު " ޔޫއެސް-ބަންގްލާ" އެއަރލައިންގެ ފްލައިޓުގައި އިން ދިވެހިމީހާ ސަލާމަތް ވެއްޖެއެވެ. ޒަޚަމްވެފައިވަނީ ނޭޕާލުގައި އެމްބީބީއެސް ނުވަތަ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރެއްކަން ވަނީ އެގިފައެވެ. އޭނާއަށް ނޭޕާލް ހޮސްޕިޓަލެއްގައި މިހާރު ފަރުވާ ދެމުންދާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައްޔާއި ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ދިވެހި މިޝަންތަކަށް ކަތުމަންޑޫގައި ހުންނަ އޮނޮރެބްލަ ކައުންސެލްއާއި ގުޅިފައިވާކަމަށާއި، މިޙާދިސާގެ ކަންކަން ގާތުން ބަލަމުންދާކަމަށެވެ. 

tw:https://twitter.com/MDVForeign/status/973161536398139392

ބަންގެލަދޭޝްގެ އެއަރލައިނެއްކަމުގައިވާ "ޔޫއެސް- ބަންގްލާ" ގެ ފްލައިޓް-ބީއެސް211 ވެއްޓުނީ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ތިރުބުވާން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ވެއްޓުނުއިރު އޭގައި ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމްލަ 71 މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. މިޙާދިސާގައި ސަލާމަތްވީ 17 މީހުންނެވެ.

މިޙާދިސާއާއި ގުޅިގެން ތްރިބުވާން އެއަރޕޯޓުގެ އެތެރޭގެ އުދުހުންތަކާއި ބައިނަލް އަޤުވާމީ އުދުހުންތައް މިހާރުވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.