ކުޅިވަރު

ރާއްޖޭގެ ބަލިކޮށް މުބާރާތުގެ ފައިނަލަށް ފިލިޕީންސް ދަތުރުކޮށްފި





 


ދިވެހި ރާއްޖޭގެ މައްޗަށް ކުރި ހޯދާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފިލިޕީންސް ދަތުރުކޮށްފިއެވެ. 


 
ސެމީފައިނަލްގެ ދެވަނަ މެޗްގައި ރޭ ފިލިޕީންސުން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ތިން ލަނޑު ދެ ލަނޑުންނެވެ. މެޗްގައި ދެފަހަރެއްގެ މަތިން ފިލިޕީންސްއިން ކުރި ހޯދާފައިވަނިކޮށް ރާއްޖެއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.


 
ފިލިޕީންސްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުގެ ސަބަބުން އިތުރަށް ކުޅުނު ފަނަރަ މިނެޓްގެ ދެ ހާފްގައި ޖެހި ލަނޑުން ކުރި ހޯދައިގެންނެވެ.


 
މެޗްގައި ފިލިޕީންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފިލިޕާއި، ލުސެނާގެ އިތުރުން ގްރޭޓްވިޗްއެވެ. ރާއްޖޭގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އުމެއިރުއާ އަސަދުﷲ އަބުދުﷲ. ފައިނަލްގައި ފިލިޕީންސް އަންނަ ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ފަލަސްތީނާއެވެ. ތިންވަނަ ހޮވާ މެޗްގައި މާދަމާ ރޭ ދިވެހިރާއްޖެ ބައްދަލުކުރާނީ އަފްޣާނިސްތާނާއެވެ. މިދެމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.


 
 


ސެމީފައިނަލްގައި ރާއްޖޭގެ ޓީމުން ދެއްކި ހިތްވަރުގަދަ ރަނގަޅު ކުޅުން ފާހަގަކޮށް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވަނީ ހިތްވަރާއި ސާބަސްދީފައެވެ. އަދި ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓަށް ޝުކުރު އަދާކުރައްވާފައެވެ