ވިޔަފާރި

އިންޑިއަން އޯޝަން އިންވެސްޓްމަންޓް އެޑްވައިޒަރ ސަމިޓް 2019 ގައި


ރާއްޖޭގައި ފުރަތަމަފަހަރަށް ބާއްވާ އިންޑިއަން އޯޝަން އިންވެސްޓްމަންޓް އެޑްވައިޒަރ ސަމިޓް އަންނަ އަހަރު ބާއްވާނެކަމަށް މި އިވެންޓް އިންތިޒާމްކުރާ ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ބުނެފިއެވެ. 

ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެމުން ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ބުނީ މިއީ ދުނިޔޭގެ މަޝްހޫރު އިންވެސްޓްމަންޓް ދާއިރާގައި ފަންޑް ބަލަހައްޓާ ފަރާތްތައް އެއްތަނަކަށްގެނެސް ބާއްވާ ފޯރަމެއްކަމަށެވެ. ފޯރަމްގެ މަޤްސަދަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް އަންގައިދީ ރާއްޖެއަކީވެސް އިންވެސްޓް ކުރުމުގައި ފަހި ފުރުސަތުތަކެއްހުރި ޤައުމެއްކަން ބޭރުގެ ފަރާތްތަކަށް އަންގައިދިނުންކަމަށް ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ބުނެއެވެ.

މިއިވެންޓްގައި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓް ފަންޑުތަކުގެ އިސްބޭފުޅުން ރާއްޖެވަޑައިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއަން އޯޝަން އިންވެސްޓްމަންޓް އެޑްވައިޒަރ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ 2 ވަނަ ކުއަރޓަރގައެވެ. 

މިފޯރަމްގެ ތެރެއިން އިންވެސްޓްމަންޓް އެޑްވައިޒަރުންނާއި، ބޭންކުތަކާއި، ފައިނޭންސިއަލް އިންސްޓިޓިއުޓްތަކާއި، ފަންޑް މެނޭޖަރުންނާއި ބައްދަލުވެ މިދާއިރާގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ލިބިގެންދާނެކަމަށް ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ބުނެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން މިއަހަރުގެ ތެރޭގައި ރެވެނިއު މެނޭޖްމަންޓް ސަމިޓް އަދި އެޗްއާރު ފޯރަމްގެ ނަމުގައިވެސް 2 އިވެންޓް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.