ވިޔަފާރި

މިދިޔަމަހު އެމްއެމްއޭގެ ރިޒާވަށް 12.7 މިލިއަން ރުފިޔާ އިތުރުވި


ފެބުރުއަރީ މަހު މަރުކަޒީ ބޭންކުގެ ރިޒާވަށް 12.7 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ. މިއީ އޭގެ ކުރީ މަހާއި އަޅާ ބަލާއިރު %3.03 ކުރިއެރުމެކެވެ.މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޢާންމުކޮށްފައިވާ މަލީ ބަޔާނުގައިވާ ގޮތުން މިދިޔަ މަސް ނިމުނުއިރު، އެމްއެމްއޭގެ ރިޒާވް ވަނީ 421.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

ޖެނުއަރީ މަސް ނިމުނުއިރު އެބޭންކްގެ ރިޒާވް ހުރީ 409.1 މިލިއަން ރުފިޔާގައެވެ.

އެމްއެމްއޭއިން ނެރެފައިވާ ފެބުރުއަރީމަހުގެ މާލީ ބަޔާނަށް ބަލާއިރު، އެމްއެމްއޭއިން ބޭންކުގައި ބަހައްޓާފައިހުރި ބޭރުފައިސާގެ ޢަދަދަކީ 652.6 މިލިއަން ޑޮލަރެވެ. މިއީ ޖެނުއަރީމަހާ އަޅާބަލާއިރު %12.9 އިތުރުވުމެކެވެ.

ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވެ ދައުލަތުގެ ރިޒާވް އަދި އެމްއެމްއޭގެ ރިޒާވްވެސް އަންނަނީ މަހަކަށްވުރެ މަހެއް އިތުރުވަމުންނެވެ.