ޚަބަރު

ފެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކުރަން ނިންމައިފި


އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރަން އެކުންފުނިން ނިންމައިފިއެވެ. އެސްޓިއޯން ބުނީ މާދަމާއިން ފެށިގެން ޑީސަލް ލީޓަރަކުން ވިހި ލާރި އަދި ފެޓްރޯލް ލީޓަރަކުން ތިިރީސް ލާރި އަގު ހެޔޮވެގެންދާނެކަމަށެވެ. ތެލުގެ އަގަށް ގެނައި ބަދަލާއި އެކު މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ގަންނަން ލިބެނީ 10.11 ލާރިއަށެވެ. ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 10.21 ލާރިއަށެވެ. 

ޕެޓްރޯލާއި ޑީސަލް ލީޓަރެއް މިހާރު ގަންނަން ލިބެން ހުރީ 10.41 ލާރިއަށެވެ. އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެ ފަހަރު ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 54 ލާރި ބޮޑުކުރިއެވެ. އެސްޓިއޯން އޭރު ބުނީ އެ ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންކަމަށެވެ.