ޚަބަރު

ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރ ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި


އދގެ ޗިލްރަންސް ފަންޑު، ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރ، ޖޯން ޤައުފް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާ ބައްދަލްކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވެވި މިބައްދަލްކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ އާސިމް ދެއްކެވި ވާހަގަފުޅުގައި 1978ވަނަ އަހަރުގެ މާރޗްމަހު ޔުނިސެފުން ރާޢްޖޭގައި ހަރަކާތްތެރިވާން ފެށީއްސުރެ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ކުރަމުންގެންދާ މުހިންމު މައްސަކަތްތައް ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާއާ ކުޑަކުދިންނާއި އަންހެނުންގެ ހެވާލާބައަށް ޔުނިސެފުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

މިބައްދަލްކުރެއްވުމުގައި ދެބޭފުޅުންވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ޔުނިސެފާގުޅިގެން ކުޑަކުދިންގެ ކުރިއެރުމާ، ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރ، ޖޯން ޤައުފްވަނީ އެޖަމްޢިއްޔާއިން ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކާ އަބަދުވެސް އެހީތެރިވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.