ސިޔާސީ

ޖޭޕީން މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައިފިނަމަ ކޯލިޝަނުން ޖޭޕީ ވަކިވާނެ-





މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، މަޖިލީހުގެ ރައީސަކަށް ޖުމްހޫރީޕާޓީން ކުރިމަތިލައިފިނަމަ އެޕާޓީން ޕީޕީއެމްއާއިއެކު ހަދާފައިވާ ކޯލިޝަނުން ވަކިވާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.



ޕީޕީއެމް އޮފީހުގައި މިރޭ އެކެއްޖަހަން ކައިރިވެފައިވަނިކޮށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ ޖުމްހޫރީ ޕާޓީން މަޖިލީހުގެ ރައީސްކަމަށް ކެނޑިޑޭޓަކު ނެރެފިނަމަ، އެއީ އެޕާޓީންއިސްވެ ކޯލިޝަން އެއްބަސްވުމާއި ޚިލާފުވީކަމަށެވެ. އަދި އެވަގުތުން ފެށިގެން ކޯލިޝަން އެއްބަސްވުމެއް ނޯންނާނެކަމަށް ޕީޕީއެމްގެ ކައުންސިލުން ނިންމާފައިވާކަމަށްވެސް އަދީބް ވިދާޅުވިއެވެ.