ޚަބަރު

އުރީދޫ މޯލްޑިވްސް ހިދުމަތްތައް ވޯލްޑް މޯބައިލް ކޮންގްރެސްގައި!


ސްޕެއިންގެ ބާސެލޯނާގައި ބޭއްވި މޮބައިލް ވަރލްޑް ކޮންގްރެސްގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފިއެވެ.

"ސްޕެއިންގެ ބާސެލޯނާގައި ބޭއްވި މޮބައިލް ވަރލްޑް ކޮންގްރެސްގައި އުރީދޫ މޯލްޑިވްސްއިން ވަނީ ޑިޖިޓަލް ޚިދުމަތްތަކާއެކު ޢާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް" މި ޝިއާރުގެ ދަށުން އެކުންފުނީގެ އީޖާދީ ޓެކްނޮލޮޖީތަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދައްކާލާފައެވެ.

އުރީދޫއިން ތަޢާރަފްކޮށްފައިވާ މަޤްބޫލް ޑިޖިޓަލް ޚިދުމަތްތައް ކަމުގައިވާ އުރީދޫ ނެކްސްޓާއި މަގޭ ޕްލޭނަށް ކުރިޔަށް އޮތްތަނުގައި ގެނެވޭނެ އާ ޚިދުމަތްތައް ވަނީ ދައްކާލާފައެވެ. މިއަޕްޑޭޓްތައް މާރޗް މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އުރީދޫ ނެކްސްޓަކީ، އާޓިފިޝަލް އިންޓެލިޖެންސާއި މެޝިން ލަރނިންގްގެ އެހީގައި މަސައްކަތް ކުރާ އޭ.ޕީ.އައި ޕްލެޓްފޯމެކެވެ. ސިލިކަން ވެލީގެ ޓެކް ކުންފުންޏެއް ކަމަށްވާ ފާސްޓް ފޯވާޑާ ގުޅިގެން ތަޢާރަފްކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ކަސްޓަމަރުން ގިނަ ވަގުތުތަކެއް ހޭދަކުރާ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އުރީދޫއާ ބެހޭ މަޢުލޫމާތު ހޯދައި، އުރީދޫގެ ޚިދުމަތްތައް ޚިޔާރުކުރެއެވެ.

އުރީދޫ މޯލްޑިވްސް ކަސްޓަމަރުން މިހާރު އުރީދޫ ނެކްސްޓް މެދުވެރިކޮށް ޚިދުމަތް ހޯދަނީ ފޭސްބުކުން ކަމަށްވާއިރު، މޮބައިލް ވަރލްޑް ކޮންގްރެސްގައި ތަޢާރަފްކޮށްފައިވާ އުރީދޫ ނެކްސްޓްގެ އައު ވަރޝަން ވައިބަރގައި ވެސް ބޭނުންކުރެވެއެވެ. މި ޚިދުމަތް އުރީދޫ މޯލްޑިވްސް ކަސްޓަމަރުންނަށް މާރޗް މަހުގެ ތެރޭގައި ލިބޭނެއެވެ.

މޮބައިލް ވަރލްޑް ކޮންގްރެސްގައި، އުރީދޫ އިން ވަނީ އެކުންފުނީގެ މަގޭ ޕްލޭން ޕްލެޓްފޯމްގެ އައު އަޕްޑޭޓް ހާމަކޮށް، "އާޓިފިޝަލް އިންޓެލިޖެންސް ބޭސްޑް ޕްރިޑިކްޓިވް ޓެކްނޮލޮޖީގެ" އެހީގައި ހިމަނާފައިވާ އައު ޚިދުމަތްތައްވެސް ދައްކާލާފައެވެ. މަގޭ ޕްލޭންގެ ވަރޝަން 2 ، ރާއްޖޭގައި ތަޢާރަފްކުރާނީ، މާރޗް މަހުގެ ކުރީކޮޅުއެވެ.