ކުޅިވަރު

ނިއުރޭޑިއަންޓަކީ ލީގުގެ ފެވަރިޓުންނެއް ނޫން - އޮސްކާ


މިދިޔަ ސީޒަންގެ އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓަކީ މާލޭ ލީގުގެ ފެވަރިޓުން ނޫން ކަމަށް އެޓީމުގެ ކޯޗު އޮސްކާ ބްރައުޒަން ބުނެފިއެވެ. 

އޭނާ މިހެން ބުނީ މާލޭ ލީގުގައި ޓީސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެފްއޭމް ހައުސްގައި މިއަދު ވާހަކަ ދައްކަމުންނެވެ. ނިއުރޭޑިއަންޓާއެކު މިދިޔަ ސީޒަންގެ ފަހު ތިން މުބާރާތް ކާމިޔާބުކުރި ކޯޗު އޮސްކާ ބުނީ އެންމެ ފަހުގެ ޗެންޕިއަން ޓީމު ވާދަކުރާހިނދަކު އޭނާގެ ޓީމަކީ ފެވަރުޓުންކަމަށް ބެލެވެން ނެތްކަމަށެވެ. މުޙިއްމީ މިއަހަރު ޓްރޮފީ ނެގުންކަމަށާއި، މިއަހަރު ލީގު ހޯދުން އެއީ ޓީމުގެ އަމާޒެއްކަމަށް ނިއުގެ ކޯޗު ބުންޏެވެ. މާދަމާ ހަވީރު ޓީސީއާ ދޮކަޅަށް ނިކުންނައިރު މިދިޔަ ސީޒަންގެ އެންމެ ވާދަވެރި ޓީމް މިސީޒަންގައި އެންމެ ވާދަވެރި ޓީމަކަށް ވާނެކަން އޭނާއަށް އަންދާޒާ ކޮއްލަން އެނގޭނީ މާދާމާގެ މެޗުގެ ނަތީޖާއިންކަމަށް ކޯޗު އޮސްކާ ބުންޏެވެ. 

އޭނާ ބުނީ ސީޒަންފެށުމުގެ ކުރިން އޭއެފްސީކަޕްގައި ޓީސީ ވާދަވެރި މެޗުތަކެއް ކުޅެފައިވުމުން އެޓީމް އޮތީ މިދިޔަ އަހަރެކޭ އެއް ފެންވަރުގައިކަމަށެވެ. ސީޒަން ފެށުމުގެ ކުރިން އޭނާގެ ޓީމްގެ ކުޅުންތެރިން ފިޓްނަސް ރަނގަޅުކޮށް، އެއް ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އޮސްކާ ބުންޏެވެ.

" ޓީސީ ބްރޭކެއް ނެތި އެކުޅުނީ. އެމީހުން ފެންނަނީ މިދިޔަ އަހުރު އޮތް ފެންވަރުގައި. ދިގު ބްރޭކެއް ލިބުމުން ކުޅުންތެރިން ފިޓްނަސް ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު." އޮސްކާ ބުންޏެވެ.

މިސީޒަނަށް ތައްޔާރުވުމަށް ގިނަ ކުޅުންތެރިން ހޯދި ނިއުރޭޑިއަންޓްގެ ސްކޮޑާ މެދު ހިތްހަމަޖެހޭކަމަށާއި ހާއްސަ ކޮށް މިސީޒަންގައި ނިއުގައި އޮތީ ވަރަށް ބެލެންސް ސޮކޮޑެއްކަމަށްވެސް ކޯޗު ބުންޏެވެ. މިދިޔަ ސީޒަންގައި އެންމެ ވާދަވެރި ދެ ކުލަބް މިއަހަރުގެ ފުރަތަމަ ކުރިމަތިލުން އޮންނާނީ މާދަމާ ހަވީރުއެވެ.